
ހިތުވިންދު (ފުރަތަމަ ބައި)
ނޯޓު: ކިޔުންތެރިން މުނިފޫހި ފިލުވުމަށްޓަކައި ބައިބަޔަށް ބަހާލައިގެން ކޮންމެ ހަފްތާއެއްގެ ވެސް ދެދުވަހު (އާދީއްތަ އަދި ބުރާސްފަތި) ވާހަކައެއް ގެނެސްދިނުމަށް ގަސްދުކުރަމެވެ. އެގޮތުން ފުރަތަމަ މިގެނެސްދޭ ވާހަކައިގެ ނަމަކި "ހިތުވިންދު" އެވެ. މިވާހަކަ ލިޔުއްވީ، ފުވައްމުލަކު ދިގުވާނޑު ފެހިވިލާގެ އައިޝަތު ޥަޙީދާ އެވެ. ވަހީދާ އަކީ އަދަބިއްޔާތަށް ވަކިންޚައްސަކޮށް ވާހަކަ ލިޔުއްވުމާއި ޅެން ހެއްދެވުމަށް ޝައުގުވެރިވެ ވަޑައިގަންވާ ބޭކަނބަލެކެވެ.
ހިތުވިންދު (ފުރަތަމަ ބައި)
އަޅޭ! ހާދަމީހުން ގިނައޭދޯ ނަޒީ ވާހަކަ ދެއްކީ ކައިރީގައި ތިބި އޭނަގެ ރަޙުމަތް ތެރިންނާއެވެ. ނަޒީ އަކީ ރާއްޖެތެރޭ ކުއްޖެކެވެ. މާލެ އައީ ސްކޫލް ޗުއްޓީގައެވެ. ނަޒީ މެން ގޮސް ވަނީ ޖެހިގެން ހުރި ރެސްޓޯރެންޓަށެވެ. އެކި އެކި މަޖާވާހަކަ ދައްކަމުން ހެމުން އެއިގެ ހަތަރު ކުދިން ގޮސް މޭޒެއްގެ ވަށާލައިފިއެވެ. ކުއްލިއަކަށް ނަޒީ ގެ ސަމާލުކަން ގޮސް ހުއްޓުނީ ދޮރުން ވަނދެގެން އައި ޒުވާނާާ އަށެވެ. އޭނަ ހިގާލާފައި ދިޔަ ގޮތް ނަޒީއަށް ވަރަށް ހިތްގައިމު ވިއެވެ. ދިގުއިސްކޮޅަކާ ރީތި ކަސްރަތީ ހަށިގަނޑެކެވެ. ކޮނޑާހަމަޔަށް ފައިބާ އިސްތަށިގަނޑުގެ ސަބަބުން ވަކިން ރީތިހެން ހީވެއެވެ. އޭއި! ކޮން ޚިޔާލެއްގަ ކައިރީގައި އިންކުއްޖާ ނަޒީގެ އަތުގައި ހިފާ ތަޅުވާގެންފިއެވެ. ނަޒީ ސިހިފައި ބަލާލި އިރު ކައރީގައި ވެއިޓަރ ހުއްޓެވެ. ކޯއްޗެއް ގެންނަންވީ ފުރެޝް އޮރެންޖެއް ނަޒީ ކުރުޖަވާބެއް ދިނެވެ. އެހެން އިންއިރު ނަޒީ، އަށް އިރު އިރު ކޮޅާ އެޒުވާނާއަށް؛ ބެލެއެވެ.
ކޮއްމެއަކަސް އެވަގުތުކޮޅު އެފަދަގޮތަކަށް ނިމިގެން ހިނގައްޖެއެވެ. އެއިގެ ފަހުން މަގަކަށް ނިކުމެވުނަސް ނަޒީގެ ދެލޯ އެ ޒުވާނާ ފެނޭތޯ ހޯދައެވެ. ނަވެސް ލިބެނީ މާޔޫސްކަމެވެ. އެއީ ކޮންތާކު އުޅޭ ކާކުކަންވެސް ނޭނގި ފުރައިގެން ރަށަށް އަންނަންޖެހުނީތީ ނަޒީ ވަރަށް ދެރަވިއެވެ. އަހަރު ޗުއްޓީ ނިއްމާފަ ނަޒީ އަނެއްކާވެސް އާހިތްވަރެއް ލާފަ އޭލެވެލްގެ ފަހު އިމްތިހާނާ ކުރިމަތިލާން ތައްޔާރުވަނީ އެވެ. އިރާދަކުރެއްވީތީ ކުރެވުނު މަސަތްކަތާ އެއްވަރަށް ނަތީޖާވެސް ރަނގަޅެވެ. ނަޒީއަކީ ދެމަފިރިއެއްގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ރީތި ކުއްޖެކެވެ. ނުހަނު ހިތްހެޔޮ އަޚްލާގުރަނގަޅު ކުއްޖެކެވެ.ހަވީރުގެ ވަގުތެވެ. އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އިށީދެލައިގެން ފުންވިސްނުމެއްގައި ނަޒީހާ؛ އިނެވެ. އެދުވަހު ދިމާވި ރީތި ޒުވާނާގެ މަތިން ނަޒީ ހަނދާނެއް ނުނެތެއެވެ.
1 އަހަރު ފާއިތު ވެގެން ދިޔައިރުވެސް އެ ހަނދާންތައް ނަޒީގެ ހިތުގައި ބިންވަޅު ނެގިފައި ވެއެވެ. މިކަމާ ޚުދު ނަޒީ ވެސް ހައިރާން ވެއެވެ.ރޭގަނޑުގެ ވަގުތެވެ. ނަޒީގެ ފޯނު ރިންގު ވާން ފެށިއެވެ ހަލޯވ ދީނާ، ހަލޯވް ނަޒީ، މާދަން މިކޮޅަށް އައްނަންވީނު މާދަން! އާނ! މާދަންނޫން އަނެއް ދުވަހު އަހަރެމެންނާއެކު ޢީދު ޗުއްޓީއަށް އޭދަފުއްޓަށް ދާން ދީނާ އެއްނޭވާއިން ހުރިހާ ވާހަކައެއް ބުންޏެވެ. ދީނާ އަކީ ނަޒީ ގެ ދެބެއިންގެ ދެދަރި ކުއްޖެކެވެ. އެމީހުން ދިރިއުޅެނީ މާލޭގައެވެ. އެހެންތަ! މަޖާވާނެދޯ؟ ނަޒީ ގެ މަންމަ، މާލެދާން ހުއްދަދިނެވެ. އެމީހުން އަނެއް ދުވަހު އޭދަފުއްޓަށް ދާން ތައްޔާރުވިއެވެ.
މަޑުމަޑުރޯޅި ވިއަކަސް ކަނޑު އޮތީ ހެޔޮވަރު ވަރަކަށް މަޑުކޮށެވެ. މާލެއިން އެރަށަށް ދާމީހުން ތަކުން ބޯޓު އޮތީ ފުރި ބާރު ވެފައެވެ. އޮށޯއްނާނެ ތަން ކޮޅެއްވެސް ނެތެވެ. ދީނާ އާއި ނަޒީ އެރީ ބޯޓުގެ މައްޗަށެވެ. އެއިގެ ދެކުދިން ސަކަރާތް ޖަހަމުން ހެމުން މައްޗަށް އަރައިގެން ދިޔައިރު އެތާބަޔަކު ތިބިކަމެއް އެމީހުން ނަށް އިހުސާސް ވެސް ނުކުރެވުނެވެ. އެދެކުދިން ހޭއަޑަށް ބޯޓުގެމަތީގައި ހުރިޖޯލިފަތީގައި ތިބި ތިން މީހުންނަށް އެއްފަހަރާ އެދިމާލަށް ބަލާލެވުނެވެ. އެކަމަކު ނަޒީމެންނަކަށް އެމީހުން ބަލަންތިބި ކަމުގެ އިހުސާސްވެސް ނުވާކަހަލައެވެ. ހާދަރީއްޗޭ އެތަނުން އެކަކު މަޑުމަޑުން ކިޔާލިއެވެ. ނަޒީއަކީ ރީތި ކަމުގެ މިސާލެއް ނެތްފަދަކުއްޖެކެވެ. ރީތިފަން ދިގު އިސްތަށިގަނޑެކެވެ. ބޮޑުރީތިދެލޮލާއި ދިގު އެސްފިޔައެކެވެ. ބައްޓަން ރީތި ހަށިގަނޑެކެވެ. ނޫކުލައިގެ ޖިންސަކާ ޕާރޕުލް ކުލައިގެޖެކެޓަކާ އެކު އެތެރެއިން ޓިއުބުކޮޅެއް ވައްޓާލާފައި ހުންނައިރު ވަރައްފުރިހަމައެވެ. ނުނިމޭ....
ގުޅުން ހުރި ޚަބަރު

ހިތުވިންދު (3)
ކިފާހް — October 27, 2026
ހިތުވިންދި (2)
ވަހީދާ — October 18, 2026ކޮމެންޓް
ލޯޑިންގ...
