
ހިތުވިންދި (2)
އަމާން ނިއާމަ ދަތުރެއްގައި ބޯޓު ކަނޑުގެ ލޮނުގަނޑު ކަފަމުން ކުރިއަށް އޮވެ ދެއެވެ. މީޑިއާގެ ފަރާތުން އީދު ކުޅިވަރު ގެނެ ސްދިނުމަށް ދާ ޓީމުވެސް ދިޔައީ އެބޯޓުންނެވެ. އީދައްޓަކާ އެކޮޅުން ވެސް ދިޔާއީ ވަރަށް ބޮޑަށްތައްޔާރު ވަމުންނެވެ. ބޯޓުގެ މަތީ ފަންގިފިލާ ގައިހުރި ޖޯލިފަތީގައި މީޑިއާގެޓީމު އޮލަ ވާހަކައެއްގައި ތިއްބެވެ. އިސާހިތަކު ވައިރޯޅިވެލާފައި ބޯޓު ދެއަތަކަށް ކިރިގެންފިއެވެ. "ނަޒީ" ގަތީ އަމަށަކު ބިރެއް ނޫނެވެ. ތަންކޮޅެއް ބާރަށް ހަޅޭވެސް ލަވައިގަނެ ވިއްޖެއެވެ. އެވަގުތު ޖޯލީގައި ތިބި މީހުންގެ ސަމާލުކަން ނަޒީ އަށް ހުއްޓުނެވެ. "ވިޖާން" އަށް ޖޯލިން ތެދުވެވުނީ ކީއްވެކަމެއް ޚުދު އޭނާ އަކަށް ވެސް ނޭނގުނެވެ. ކުރިމަތީގައި ފެންނަން އެހެރީ ރޭގަ އޭނަޔަށް ހުވަފެނުން ފެނުނު އަންހެން ކުއްޖާއެވެ. އޭނަގެ ހުވަފެނުގަ ރަނިކަން ކުރި ހޫރެއްފަދަ ރީތި ކުއްޖާއެވެ. އޭނަގެހުވަފެން ހަގީގަތަކަށް ވެދާނެ ކަމަކަށް ފަހަރެއްގަވެސް ހިއެއް ނުކުރެއެވެ. ކޮންފަދަ އިއްތިފާގެއް ހެއްޔެވެ. ނަމަވެސް ނަޒީ އެދިމާލަކަށް ނުބަލައެވެ. ގަތްބިރުން ނަދާގެ އަތުގައި ބާރަށް ހިފަހައްޓައިގެން ކަނޑާ ދިމާލަށް ބަލަން އިނީއެވެ. ކަޅިޖަހާނުލާ އޭނާއަށްބަލަން އެހެން މީހަކު ހުރި ކަމެއް އިހުސާސްވެސް ނުވާޙާލުގައެވެ. އިސާހިތަކު ބޯޓު ނިއާމަ ދަތުރަކަށް ފަހު އޭދަފުށީ ފަޅަށް ވަނދެއްޖެއެވެ. މާދުރުން އެރަށް ވިދާލާފައި އޮތެވެ. ގިޑިގެތަކާއެކު ކުލަކުލައިގެ ބެނާތަކާ މާތަކުން ޒީނަތްތެރި ކޮއްލާފައިއޮތެވެ. ބޯޓު ކައިރި ކޮއްލި އިރު ކޮޅުކޮޅަށް ދުވާމީހުން އަތިރި މަތީގައި ހެލަމޭލަ ވަމުންދެއެވެ. އެކި މީސްމީހުންގެ އިސްތިގުބާލުގައެވެ. މަންޒަރު ކިހާ އުފާވެރި ހެއްޔެވެ. ހަމައެކުވެރި ނޫން އެކަކުވެސް ނެތެވެ. ހިނިތުންވުމާއި އުފާވެރިކަމެވެ. ބޯޓުން ފައިބަންވެގެން ނަޒީ ވެސްގޮސް ދޮރާދިމާލަށް ހުއްޓުނެވެ. ކައިރީގައި ލެޕްބޭގަކާ ކެމެރާއެއް ކޮނޑުގައި އަޅުވައިގެން ހުރިމީހަކު ހުރިކަމެއް ނަޒީ ނުދެނެހުއްޓެވެ. އޭނަގެ ޝައުގުވެރިކަން ހުރީ ބަނދަރުމަތީގައިގައި ތިބި މީހުންނަށެވެ. ކުއްލިއަކަށް ބޯޓު ދެއަތަކަށް ކިރިލިވަގުތު ނަޒީ ގޮސްކައިރީގައި ހުރިމީހާ ގައިގަޖެހުނެވެ. އަދި ނަޒީވެއްޓިދާނެތީ އެ އަތުގެ ހިމާޔަތް އޭނައަށް ލިބުނެވެ. ހަމައެއާއެކު ނަޒީއަށް އިސްއުފުލާ ބަލާލެވުނެވެ. ހިތް ހީވީ ވިރިގެން ދިޔަހެންނެވެ. ވިޖާން އަށް ވެސް ހުރެވުނީ އަތުގައި ހިފާލެވުނުގޮތަށް އޭނައަށް ބަލާށެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. މީގެ އެއް އަހަރު ކުރިން ނަޒީ ގެ ހިތުގައި ވިކާލާފައި ދިޔަ ޒުވާނާ އެހެރީ އޭނަގެ ކުރިމަތީގައެވެ. "ތޭންކްސް" ނަޒީއަށް ބުނެލެވުނެވެ.
ހީ ސަމާސާ ކުރުމާއި އުފާވެރި އިހުސާސް ތަކުން އެއްމެންގެ ހިތް ތައްވެސް ވަނީ އުފަލުން ނަށާހާލު ގައެވެ. މިއަދު އެއްމެ އުފާވެރީނަޒީއާއި ވިޖާންއެވެ. ވިޖާންއަށް އޭނާގެ ހުވަފެނުގެ ރާނީއާއި އެއްފަސް ގަނޑަކަށް އާދެވުމުން ކުރެވޭ ފޮނި އިހުސާސްއެވެ. ނަޒީއަށް އޭނަގެ ހުވަފެންތަކުގަ އެތަކެއް ދުވަހެއް ކުރިން ރަސްކަން ކުރަމުން އައި ޒުވާނާ އާއި ދިމާ ވުމުން ކުރެވޭ ފޮނި އުއްމީދެވެ. ސައި ބުއިމުގެ ތެރޭގައި ވިޖާން އާއި އޭނާގެބައިވެރިން އެކިމީހުންގެ އިންޓަވިއު ނަގަމުން ވީޑިއޯއާއި ފޮޓޯތައް ނަގަމުންދެއެވެ. ނަޒީއަށް ނޭނގި ނަޒީގެ އެތަކެއް ފޮޓޯއެއް ވިޖާން ނެގިއެވެ. ކޮންފަދަ ރީތި ކަމެއް ހެއްޔެވެ. ބަލާ ފޫހިނުވިއެވެ. އާހް.. ވިޖާންއަށް ހިތާ ހިތާ ކިޔާލެވުނެވެ. ފަހަތުން މީހަކު އައިސް ވިޖާންގެ ކޮނޑަށް އަތް ވައްޓާލުމުން ވިޖާން ދިޔައީ ސިއްސައިގެންނެވެ. ހޫނ ޖާވީދު ... ކުރާކަންތައް ކިރިއާއެއްނު.. ހެހެ.. ކިހިނެއްވީ ކޮންދިމާލަކަށް ގެއްލިފަ؟ ފަތްމިއްޏެއް ފެނުނީތަ؟! ޖާވީދު ސަމާސާރާގަކަށް އަހާލިއެވެ. ނުފެންނަވަރެއްތަ؛'
ވިޖާން ވެސް ދެރަނުވާންވެގެން އޭނަޔާ ބައިވެލިއެވެ. ހެހެހެ... އޭ ! އަސްލުތަ އެހެންޏާފަހެ، ދޯ، ހިގާ ދާން މިރޭ ކޮންކަމެއްތަ އޮތީ ދެން؛ އެބައޮތް ވަރަށް ކަންތައް މާދަމާއަކީ ޢީދުގެ ފުރަތަމަ ދުވަސް.. ހެނދުނުގެ ޕްރޮގްރާމްގައިޑު ކޮބާ؟ އެ ވެއްޖެ ޝިޔާމް އަތުގަ ، ހިގާބަލަ ކުޑަކޮށްފްރެޝްވެލަން ދޯ ރޭގަނޑުގެ ހަމަ ހިމޭން ވަގުތެވެ. ވިޖާން އީނީ އޭނަ ނަގާފަހުރި ފޮޓޯތައްބަލާށެވެ. ނަޒީގެ ފޮޓޯތަކައްބަލަމުން ދިޔައިރު އޭނަވަނީ ފުން ޚިޔާލީކަނޑަކަށް ގެނބިގެންފައެވެ. މޫދުގެ އައްސޭރިފަށުން ހިނގާލާފައިދިޔަ އެރީތި އަންހެން ކުޖާ އަށް ވިޖާން ގެ ހިތުގެ ޝުއޫރުތައް ބަންޑުން ކޮއްލަމުން ދިޔައިރު އެ އަންހެންކުއްޖާ ލަދުރަކި ހިނިތުން ވުމަކާ އެކު އެނބުރި ފަހަތައްބަލާލައެވެ.
"ވެޔެ އިޝްޤީއަސަރު ފެނި ފުރަތަމަ ނަޒަރު
ހަނދުގެ އަލިކަން ހިތާ ހިތްގުޅާލައިފިއޭ
ޤުލްޝަނުން ފޮޅުނުހާ މާމެލާމެލި އެކީ
ކުރަމެ ވެދުމާ ސަލާމް ތިޔަ އަސަރުގާ ތެދޭ
މިކަހަލަ ފޮނި ބަސްތަކެއް ވިޖާންގެ ޖާދުވީ އަޑުން ވިރުވާ އަޅަމުން ދިޔައެވެ... ނުނިމޭ
ގުޅުން ހުރި ޚަބަރު

ހިތުވިންދު (3)
ކިފާހް — October 27, 2026
ހިތުވިންދު (ފުރަތަމަ ބައި)
ވަހީދާ — October 14, 2026ކޮމެންޓް
ލޯޑިންގ...
