
ހިތުވިންދު (3)
އެނދުމަތީ ގައި ފުރޮޅިފުރޮޅި އޮތް ނަޒީގެ ހާލަކީވެސް މިއީއެވެ. މުޅި ރޭގަނޑު މިފަދަ ގޮތަކަށް ނިމިގެން ގޮސް ފަތިސްވެ އަލިވިލިއްޖެއެވެ. ހަމަ ލޮލުފިޔަ ޖެހުމާ އެކު ދީނާ އައިސްގޮވަން ފެށިއެވެ. އޭ.. އޭ ...ނަޒީ.. ޢީދު ނަމާދަކަށް ނުދަންތަ؟ އަވަސްކުރޭ. ! އާނ މިދަނީ ފެންވަރާލައިގެން .. ރަށުގެ ކުދި ބޮޑު އެއްމެން މިސްކިތަށް ޖަމާވެފައި އޮތެވެ. އުފާވެރި ކަމާއި ހިތްހަމަ ޖެހުމާ އެކުގައެވެ. ނަމާދުން ނިމިގެން އެކަކު އަނެކަކަށް ޢީދުގެ ސަލާމާއި ތަހުނިޔާ ކިޔަމުން ދިޔައެވެ. މިސްކިތުން ނިމިގެން ހިގައިގަތް އިރު އެ އެދެކުދިންގެ ހަތަރުކަޅިހަމަ ކުރެވުނެވެ. އެވަގުތު ލޮލުގެ އިޝާރާތުން ހިތުގައިވާ ހުރިހާ ވާހަކައެއް ބުނެދެވެން އުޅުނު ކަހަލައެވެ. ނަމަވެސް ދެފަރާތުން ބަދަލުކުރީ ލުއި ލުއި ހިނިތުން ވުމެކެވެ. ނަމާދުން ފައިބާގެން ގެއަށްގޮސް ނަލަ ހެދިލައިގެން ނަޒީމެން ދިޔައީ ރަށުގެ ހޭޅި ފަށުގައި އޮތް ކުޅޭބިމަށެވެ. ރަށުގެ ކުދިބޮޑު އެއްމެން އެތަނަށް ޖަމާވެފައި އޮތެވެ.
މީޑިއާޓީމު މަންޒަރުތައް ލައިވް ކުރުމުގަ އަވަދި ނެތި އުޅޭއިރު ރަށުގެ ހަރުކުލައިގެ މީހުން އެމީހުންނަށް އެހީވާން އުޅެއެވެ. އެތަނަށް ދެވުމާ އެކު ނަޒީގެ ދެލޯ ހޯދާލީއެޒުވާނާއެވެ. ނަޒީއަކަށް އޭނަގެ ނަމެއްވެސް ހޯދޭނެ ގޮތެއް ނުވިއެވެ. މުޅި ދުނިޔެއަށްވެސް ސިއްރުން ހިތުގައި ފޮރުވާފައިވާ އިހުސާސެކެވެ. އެހެން މީހަކާ ހިއްސާ ކުރާނީ ކޮން ދުލަކުން ބާއޭ ނަޒީގެ ހިތައް އަރައެވެ. ނަޒީގެ ދެލޯ ގޮސް ވިޖާން އާ ދިމާލަށް ހުއްޓާލެވުނު އިރު ވިޖާން ހުރީ ކަޅިޖަހާ ނުލާ ނަޒީއަށް ބަލާށެވެ. ވިޖާން ބަލަން ހުރިގޮތުން ލަދުރަކި ހިނިތުން ވުމަކާއެކު ނަޒީ" އަށް އިސްޖަހާލެވުނެވެ. އެމަންޒަރު ވިޖާންއަށް ވަރަށް ހިތްގައިމުވިއެވެ. މުޅިރަށުއެއްމެން ޖަމާ ވެފަ އޮތްތަނަކަށް ވިއަސް ބައެއް ފަހަރު އެތާނގަ ތިބީ އެދެމީހުން އެކަނިހެން ހީވާކަހަލައެވެ. ލައިވް ޕްރޮގުރާމް؛ ހުށަހަޅައި ދިނުމުގައި ވިޖާންގެ ދޫ ފަރިތަކަމާ އެކު ހެލެމުން ދެއެވެ. ސަމާސާ ރާގެއްގަ ވަހަކަ ދައްކަމުން ދިޔައިރު އެތަނުގަ ތިބި އެއްމެންގެ ނަޒަރު ވިޖާން އަށް ހުއްޓިފާވެއެވެ. އަންހެން ކުދިނަތައް އޭނާގެ ސްމާޓް ކަމާމެދު ތައުރީފު ކުރަމުން ދެއެވެ. ޖާވީދު .. ވިޖާން ގެ ނަމުން ގޮވާލުމުން ނަޒީއަށް ހިތާ ހިތާ އެނަން ކިޔާލެވުނެވެ. "ވިޖާން" ހާދަ ޔުނިކު ނޭމް އެކޭ ސަޅި؛ ނަޒީ މަޑުމަޑުން މިހެން ބުނެލި އަޑު ކައީގައި ހުރި ދީނާއަށް އިވުނެވެ. އޭ ! ހިތް ކީތަ ދީނާ ސަމާސާ ރާގަކަށް ދިމާ ކޮއްލިއެވެ. ޖަވާބުގައި ނަޒީ ދިނީ ލުއި ހިނިތުން ވުމެކެވެ. ހާދަ ހީވެޔޭ ދީނާ އަދިވެސް ދިމާ ކުރުން ހުއްޓާއެއް ނުލައެވެ.
ކިހިނެތް ނަން އެނގުނީ ! ހައިރާން ކަމާއެކު ނަޒީ ސުވާލުކުރިއެވެ. ބޯޓުން ފައިބަން ދިޔަވަގުތު ކައިރީގަ ހުރި މީހާ ގޮވާލި އަޑު އެހިން؛ އޯ, އެހެންތަ, ހޫނ.. އެހެން.. ހެހެހެ.. ދެމީހުންނަށް އެއްފަހަރާ ހީގަނެވުނެވެ. އެއީ ނަޒީގެ މަންމަ ތަ ؟ ނޫން އެއީ ބޮޑުދައިތަ, އެހެންތަ ، ދީފާނަންތަ ތި ފޯނު އެއީ ކީއްކުރަން ! ބަލާލަން ހައިރާން ވެފައި ނަޒީ ފޯނު ދިއްކޮއްލިއެވެ. އެވަގުތު ނޭގޭ ކަމަށް ހަދާފަ ނަޒީގެ ފޯނުން އޭނާގެ ނަމްބަރަށް ޑައިލް ކޮއްލާފަ ނަޒީގެ ފޯނު ދެމުން ވަރަށް ރީތި ފޯނެކޭ ބުނެލިއެވެ. ތޭންކްސް, ނަޒީ އިތުރަކަށް ސުވާލެއް ނުކުރިއެވެ. މަޖާތަ ,މިރަށް ހޫމް ވަރަށް.. ހިނިތުން ވުމަކާ އެކު ނަޒީ ބުނެލިއެވެ. އަދި އެބައޮތް މިރޭ ޝޯ ވެސް އަންނަން ވާނެ އިނގޭ ވިޖާން ދައުވަތު ދިނެވެ. އެވަގުތު ޖާވީދު ގޮވާލުމުން ވިޖާން ހިގައިގަތެވެ. ކުއްލިއަކަށް ދީނާ ދުވެފައި އައިސް ނަޒީގެ ކޮނޑަށް އަތް އެއްލައިލިއެވެ. މަހުރީ ދުރުގަ ބަލަން ހެހެ.. ލާނެއްގޮތަކަށް ދީނާ ބުނެލިއެވެ. ނަޒީއާ ދިމާލަށް އޭނަ އެހެރަ ބަލާލި ގޮތެތް އޭނަގެ ހިތުގައި ވަނީ ކޯއްޗެއްކަން އެނގޭ ކަހަލަ. އައްދެ ތީ ސައިކޮލޮޖިސްޓެއް ދޯ މީހުންގެ ހިތުގަވާ އެއްޗެހި އެނގެން..ހެހެހެ.... އަސްލުވެސް ހާދަ ލޯބިންނޭ އޭނަ ނަޒީއަށް އެބަލާލީ އަޅޭ، ދީނާ... ނަޒީ ދީނާގެ ގައިގަ ވިކައިގެންފައި އަނެއްކާވެސް ދުއްވައިގެންފިއެވެ. ހެނދުނުގެ ކުޅިވަރުތައް ނިމުނު ވާހަކަ އިއުލާން ކޮއްފިއެވެ. ނަމަވެސް ޒުވާންފުރައިގެ ކުދިންގެ ސަކަރާތްޖެހުމާ މަޖަލަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް މެންދުރު ނަމާދަށް އެއްމެން ގެއަށް ވަނދެ ނިމިއްޖެއެވެ. ނަޒީ ކޮޓްރިއަށް ވަނދެ އެނދުގައި ޖައްސާލީ ވެފައިހުރި ވަރުބަލިންނެވެ . ޚިޔާލެއްގެ ތެރެއަށް ގެނބިގެން އޮއްވާ އޭނަގެ ފޯނަށް މެސެޖެއް އައެވެ.
ފޯނުގެ އިންބޮކުސް ހުޅުވާލުމުން ނުދައްނަ ނަމްބަރ އަކުން "ހައި "ޖަހާލާފައި އޮތްތަން ފެނުމުން ހައިރާންވެފައި ރިޕްލައި ކުރިއެވެ. ކާކުބާ !
ކާކުހެން ހީވަނީ؟ ނޭނގެ، ހަނދާން ކޮއްބަލަ "އެކްސިޑެންޓް" އޯހް، ވިޖާން" ރައިޓް " ޔެސް.. ކިހިނެތް.. ރަނގަޅު، ހަވީރު ދައްޗޭ .. ކުޅޭތަނަށް ހޫމް ދާނަން ނަޒީ ރިޕްލައި ކުރިއެވެ. ވާހަކައެއް ބުނަން ބޭނުން، ހޫމް ބުނެބަލަ، ނަޒީ ކެތް މަދުވެފަ އަހާލިއެވެ. އުހޫނ ފޯނަކުން ނުބުނާނަން އެއީ ކީއްވެ؛ އެއީ ފޯނުން ބުނީމަ ފަހަރެއްގަ ވާހަކައިގެ ހަގީގީ މާނަ އޮޅިދާނެ ހެން ހީވަނީ (ނުނިމޭ)
ގުޅުން ހުރި ޚަބަރު

ހިތުވިންދި (2)
ވަހީދާ — October 18, 2026
ހިތުވިންދު (ފުރަތަމަ ބައި)
ވަހީދާ — October 14, 2026ކޮމެންޓް
ލޯޑިންގ...
