
ފުވައްމުލައް ސިޓީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖް މެޓާއިން ސަސްޕެންޑްކޮށްފި
ފުވައްމުލައް ސިޓީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖް މިރޭ މެޓާއިން ވަނީ ކުއްލި ގޮތަކަށް ސަސްޕެންޑްކޮށްފައެވެ. ބެލެވޭގޮތުގައި ޕޭޖް ބްލޮކްކޮށްފައި ވަނީ ކޮޕީރައިޓް އިންފްރިންޖްމަންޓް މައްސަލައަކާ ގުޅިގެންނެވެ.
މި ހާދިސާ ދިމާވެފައިވަނީ މިރޭ ކުރިއަށްދިޔަ "ފުވައްމުލައް ސިޓީ ކައުންސިލް ވެޓެރެންސް ފުޓްސަލް މުބާރާތުގެ" ފައިނަލް މެޗު އާންމުންނަށް ގެނެސްދިނުމުގެ ގޮތުން ފޭސްބުކް މެދުވެރިކޮށް ލައިވް ކުރަމުން ދަނިކޮށެވެ. މީގެ ކުރިންވެސް ބައެއް އިވެންޓްތައް ލައިވްކުރަމުން ދަނިކޮށް ލައިވް ބްލޮކްކޮށްފައިވީ ނަމަވެސް، މުޅި ޕޭޖް މިފަދަ ގޮތަކަށް ސަސްޕެންޑްކުރި މިއީ ފުރަތަމަ ފަހަރެވެ.
ފުވައްމުލައް ސިޓީ ކައުންސިލަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން، ރައްޔިތުންނާ ހަމައަށް މައުލޫމާތު ގެނެސްދިނުމުގައާއި މުހިންމު ކަންކަމުގައި މިފަދަ ޕްލެޓް ފޯތައް މެދުވެރިކޮށް ރައްޔިތުންގެ މަޝްވަރާ ހޯދުމުގައި އަބަދުވެސް ނަމޫނާ ދައްކަމުން އަންނަ ކައުންސިލެއްކަން ފާހަނގަކޮށްލެވެއެވެ.
