
ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ފުވައްމުލައް ސިޓީގެ ހޯދަޑު އަވަށުގައި ތަރައްޤީކުރި "އަނބުލެ އަތިރި" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ތަން ހުޅުއްވައިދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤެވެ.
މި ޕްރޮޖެކްޓަކީ ނިމިދިޔަ ކައުންސިލްގެ ދައުރުގައި "ތިހުނާން އިންވެސްޓްމެންޓް"އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. 70 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މިއީ ފުވައްމުލައް ސިޓީ ކައުންސިލްގެ ބަޖެޓުން 1،280،501.46ރ. (އެއް މިލިއަން ދެ ލައްކަ އަށްޑިހަ ހާސް ފައްސަތޭކަ އެއް ރުފިޔާ ސާޅީސް ހަ ލާރި) ޚަރަދުކޮށްގެން ހިންގި ޕްރޮޖެކްޓެކެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވުނު މި ތަނުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް އުފާވެރި، ހިތްހަމަޖެހޭ މާޙައުލެއް ޤާއިމުކޮށްދިނުމާއެކު، ރައްޔިތުންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ހަމަޖެހުން އިތުރުކުރުމެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026
ދަމަނަ ކަސްރަތު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
