
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ދިވެހިރާއްޖޭގައި އެއް ރަށަކުން އެންމެ ގިނަ ހާފިޒުން ތިބި ފުވައްމުލައް ސިޓީގެ 71 ވަނަ ހާފިޒާގެ ޝަރަފު، ފުވައްމުލަކު މާލެގަން، ފެނާތުރު، އުމުރުން 12 އަހަރުގެ އަލްހާފިޒާ މިޝްޔާ މުސްތަފާ ހޯދައިފިއެވެ. މި އާއެކު މިޝްޔާއަކީ ފުވައްމުލަކުން އެންމެ ހަނގު އުމުރުގައި ހާފިޒްކަމުގެ ސަނަދު ހާސިލްކުރި އަންހެންދަރިވަރެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި، މިޝްޔާއަކީ މި ސިޓީގައި ހިފްޒު ކޮމިޓީއަށް ހިތުދަސްކޮށް ކިއައިދެވޭނެ އިންތިޒާމު ހަމަޖެއްސި ފަހުން، އެ ކޮމިޓީއަށް ކިޔައިދީގެން ހާފިޒުކަމުގެ ސަނަދު މިއަހަރު ހާސިލުކުރި 6 ވަނަ ދަރިވަރެވެ. ޖުމްލަ 18 ދަރިވަރުން މިހާތަނަށް ފުވައްމުލަކުގައި އިމްތިހާނު ހަދައި ހާފިޒްކަމުގެ ސަނަދު ވަނީ ހޯދާފައެވެ.
ފުވައްމުލަކަކީ ޒަމާނުއްސުރެ ކީރިތި ޤުރުއާނަށް ލޯބިކުރާ، ޤުރުއާން އުނގެނުމަށް ޚާއްސަ އިސްކަމެއްދޭ ރައްޔިތެއް ދިރިއުޅެމުންދާ ރަށެކެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ދީނީ ކަންކަމަށް އިސްކަންދީ، ކީރިތި ޤުރުއާން ހިތުދަސްކުރުމާއި ތަޖުވީދުގެ މަގުން ރީތިކޮށް ޤުރުއާން ކިޔަވާ ޖީލެއް އުފެއްދުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އެގޮތުން، ޤުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކައުންސިލުން ދެމުންއަންނަ ފައިސާގެ އިނާމު ދާދިފަހުން ވަނީ 10،000 (ދިހަ ހާސް ރުފިޔާ) އަށް ބޮޑުކޮށްފައެވެ. މީގެއިތުރުން، ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒާ ގުޅިގެން ބޮޑެތި މީހުންނަށާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ހިފްޒު ކްލާސްތަކެއްވެސް ކައުންސިލުން އިސްނަގައިގެން މިހާރު ދަނީ ކުރިއަށްގެންދަމުންނެވެ. އަދި ކޮންމެ އަހަރަކުވެސް ސިޓީކައުންސިލުން އިންތިޒާމްކޮށްގެން ސްކޫލްތަކާއި ޤުރުއާން ކްލާސްތައް އަދި އަމިއްލަ ޖަމްއީޔާ ޖަމާއަތްތަކަށް ހުޅުވާލައިގެން ޤުރުއާން މުބާރާތެއްވެސްދަނީ ބާއްވަމުންނެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ދަމަނަ ކަސްރަތު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
