
އޭޝިއަން ވުމެން ޕާލިމެންޓޭރިއަން ކޯކަސްގައި ފުވައްމުލައް ސިޓީ ޑަބްލިއުޑީސީގެ ރައީސާ ޝިއުނާ ބައިވެރިވެވަޑައިގަންނަވަނީ
އޭޝިއަން ވުމެން ޕާލިމެންޓޭރިއަން ކޯކަސް (އޭޑަބްލިއުޕީސީ) ގައި ބައިވެރިވެވަޑައިގަތުމަށް، ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސާ މަރިޔަމް ޝިއުނާ އިއްޔެ މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.
އޭޝިއަން ވުމެން ޕާލިމެންޓޭރިއަން ކޯކަސްއަކީ ޖަރުމަނުގެ ކޮންރެޑް އެޑެނުއާ ފައުންޑޭޝަންގެ "ކޭއޭއެސް" ޕްރޮގްރާމާއި މެލޭޝިއާގެ ޤާނޫނުހަދާ މަޖިލިސް ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. މިއީ އޭޝިއާ ސަރަޙައްދުގެ އަންހެން ސިޔާސީ ލީޑަރުންނާއި ޕާލިމެންޓް މެންބަރުން ބައިވެރިވެވަޑައިގަންނަވާ ޚާއްޞަ ބައްދަލުވުމެކެވެ.
މި އަހަރުގެ ބައްދަލުވުން އޮންނާނީ މި ހިނގާ ނޮވެމްބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް، މެލޭޝިއާގައެވެ.
އޭޝިއަން ވުމެން ޕާލިމެންޓޭރިއަން ކޯކަސްއަކީ އޭޝިއާ ސަރަޙައްދުގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ބޭފުޅުންގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށާއި، އަންހެނުންގެ ސިޔާސީ މައިދާނުގައި އަންހެން ބޭފުޅުންގެ ލީޑާޝިޕް ވަރުގަދަކުރުމަށާއި، އަދި ސިޔާސީ އާއި އިޖުތިމާޢީ ގޮތުން މުހިންމު ކަންކަމުގައި މަޝްވަރާކުރުމަށް މުޅި އޭޝިއާގެ އަންހެން ޕާލިމެންޓޭރިއަނުންނާއި ސިޔާސީ ފަރާތްތައް އެއް މޭޒެއްގެ ދޮށަށް ގެނެސްދޭ ޕްލެޓްފޯމެކެވެ.
މި ޕްރޮގްރާމްގެ ތެރޭގައި ސިޔާސަތުތަކާ ބެހޭ ބަހުސްތަކާއި، މުއައްސަސާތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމުގެ އިތުރުން މެލޭޝިއާގެ ޕާލިމެންޓް މެންބަރުންނާއި، ސިޔާސަތުތައް އެކުލަވައިލައްވާ ބޭފުޅުންނާއި، އަދި އެހެނިހެން ކަމާގުޅޭ ފަރާތްތަކާއެކު ބައްދަލުކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތުތައް ލިބިގެންދާނެއެވެ.
މި ބައްދަލުވުމުގައި މިފަހަރު ރާއްޖެއިން ޝިއުނާގެ އިތުރުން ތިނަދޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ގުޅުން ހުރި ޚަބަރު

ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026
ދަމަނަ ކަސްރަތު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
