
ޒިކުރާ ސްކޫލްގެ ދިވެހި އަދަބީ ހަފްތާ އިއްޔެ ފަށައިފި
ފުވައްމުލަކުގެ އެންމެ ދުވަސްވީ އެއް ޕްރީސްކޫލް ކަމަށްވާ ޒިކުރާ ސްކޫލްގެ ދިވެހި އަދަބީ ހަފްތާ އިއްޔެ ފަށައިފިއެވެ.
އިއްޔެ އިން ފެށިގެން މިހަފްތާގެ ބުރާސްފަތި ދުވަހާއި ހަމަޔަށް ކުރިއަށްގެންދަން ރާވާފައިވާ ދިވެހި އަދަބީ ހަފްތާގައި އެ ސްކޫލްގެ ޔޫކޭޖީ އަދި އެލްކެޖީގެ ވަރަށް ގިނަ ދަރިވަރުން ބައިވެރިވާކަމަށް އެސްކޫލުން މައުލޫމާތު ދެއްވައެވެ.
"މީގެ ކުރިން އަޅުގަނޑުމެން ދިވެހި އަދަބީހަފްތާގައި ބައިވެރިވުމުގެ ފުރުސަތު ދެނީ ހަމައެކަނި ޔޫކޭޖީގެ ދަރިވަރުންނަށް. އެހެންނަމަވެސް މިއަހަރު އަޅުގަނޑުމެން އެފުރުސަތު އެލްކޭޖީ ކުދިންނަށް ވެސް ދީގެން މިއުޅެނީ، ކުދިންނާއި ބެލެނިވެރިންގެ ވަރަށްބޮޑު ތަރުހީބެއް މިކަމުގައި ލިބޭކަން ފާހަގަކުރަން، ވަރަށް މަދު ކުއްޖެއް ފިޔަވައި އެހެން ހުރިހާ ކުދިން އެބަ ބައިވެރިވޭ" ސްކޫލްގެ ޕްރިންސިޕަލް އައިޝަތު ސަމާ ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އިއްޔެއިން ފެށިގެން ކޮންމެ ދުވަހަކުވެސް ހަވީރު 4:15 އިން 5:30 އަށް ކުރިއަށް ގެންދާ އަދަބީ ހަފްތާގެ ހަރަކާތްތަކުގެތެރޭގައި ހިމެނެނީ ރައިވަރު ކިޔުން، ޅެން ކިޔުން، ބަސްކޮށާރު ކިޔުން، ލަވަ އަދި ވާހަކަ ކިޔުމެވެ.
ސަމާ ވިދާޅުވީ ކުރީ އަހަރުތަކާއި އަޅާ ބަލާއިރު ދަރިވަރުންގެ ފެންވަރު މިއަހަރު ވަރަށް ބޮޑުތަން ރަނގަޅުކަމަށް ފާހަގަ ކުރެވޭ ކަމުގައެވެ. އަދި ކުދިންނަށް ލިބިފައިވާ ކުރިއެރުންތަކުގައި ބެލެނިވެރިންގެ ހިއްސާ ވަރަށް ބޮޑުކަމަށާއި ސްކޫލުން ގޮވާލާ ކޮންމެ ކަމަކަށް ބެލެނިވެރިން ދެއްވާ ތަރުހީބަށް ނިހާޔަތަށް ޝުކުރުވެރިވާކަމަށްވެސް ސަމާ ވިދާޅުވިއެވެ. ސަމާ އިތުރަށް ވިދާޅުވީ އަންނަ އަހަރު ނާސަރީކުދިންވެސް ދިވެހި ހަފަތާގެ ހަރަކާތްތަކުގައި ބައިވެރިކުރަން ރާއްވަވާފައި ވާކަމުގައެވެ.
ގުޅުން ހުރި ޚަބަރު

ފުވައްމުލަކުން މިފަހަރު 52 ދަރިވަރަކު އޭ-ލެވެލް އިމްތިހާނު ހަދަނީ
ކިފާހް — September 29, 2026

ތަޢުލީމީ މަރުކަޒުގެ މިއަހަރުގެ ދަރިވަރުންގެ ދުވަސް މާދަމާ ފާހަގަކުރަނީ
ތާރިގް — July 31, 2026ކޮމެންޓް
ލޯޑިންގ...
