
ޑައިގްނޯސްޓިކް ޓެސްޓަށް ދަރިވަރުން ތައްޔާރު ކުރުވުމަށް އެމްޖޭއެމް އިން ސްޓަޑީ އައުޓިންގ އެއް ބާއްވައިފި
ފުވައްމުލަކުގެ ތިން ޕްރައިމަރީ ސްކޫލުގެ ގްރޭޑް ހަތެއްގައި މިއަހަރު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ޏ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް އަށަކަށް އައްނަ އަހަރު ބަދަލުވާ ދަރިވަރުންނަށް ތައުލީމީ މަރުކަޒުން ބޭއްވުމަށް ހަމަޖައްސާފައިވާ ޑައިގްނޯސްޓިކް ޓެސްޓަށް ދަރިވަރުން ތައްޔާރުކުރުވުމަށް މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީނުން ސްޓަޑީ އައުޓިންގއެއް ބާއްވައިފި އެވެ.
ދަރިވަރުން މިހާތަނަށް ކިޔަވާފައިވާ ފިލާވަޅުތައް ކުޅިވަރާއި މަޖަލުގެ ތެރޭން، ވާދަވެރިގޮތެއްގައި އިތުރަށް މުތާލިޔާކުރުމުގެ ފުރުޞަތު މި ސްޓަޑީ އައުޓިންގައި ހޯދައިދެވުނުކަމަށް މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން (އެމްޖޭއެމް)ގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ ނިޒާރު ވިދާޅުވިއެވެ. މި އައުޓިންގައި ސްޓަޑީ ސްކިލްސް ސެޝަންތަކާއި އިސްލާމް މާއްދާއަށް ޚާއްޞަ ސެޝަނެއްވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ. ސްޓަޑީ ސްކިލްސް ސެޝަންތައް ނަންގަވައިދެއްވީ އެ މަދަރުސާގެ ލީޑިންގ ޓީޗަރ ޝަޒުމީނާ ޝާކިރު އާއި ލީޑިން ޓީޗަރ ޝިޔާމާ ހިލްމީ އެވެ. އިސްލާމް މާއްދާއިން ދަރިވަރުންނަށް އޮޅުންއަރާ ކަންތައްތަކަށް ޖަވާބު ހޯދައިދިނުމަށް ބޭއްވި ސެޝަން ނަންގަވައިދެއްވީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑީންޓީޗަރ މުހައްމަދު ރަފީގެވެ.
އިއްޔެ ހެނދު 6.15 ން ރޭގަނޑު 10.00 ށް ކުރިޔަށް ގެންދިޔަ މި އައުޓިންގައި އެމަދަރުސާގެ ގްރޭޑް ހަތެއްގައި ތައުލީމު ހާޞިލްކުރަމުންދާ 63 ދަރިވަރަކު ބައިވެރިވިއެވެ.
ފުވައްމުލަކު ސްކޫލާއި، ހާފިޒު އަޙުމަދު ސްކޫލް އަދި މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން (އެމްޖޭއެމް) ގެ ގްރޭޑް ހަތެއްގައި މިއަހަރު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އައްނަ އަހަރު ޏ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް އަށަކަށް ބަދަލުވާ ދަރިވަރުންނަށް ތައުލީމީ މަރުކަޒުން ދިނުމަށް ހަމަޖެހިފައިވާ ޑައިގްނޯސްޓިކް ޓެސްޓް ބޭއްވުމަށް މިހާރު ތާވަލް ކުރެވިފައިވަނީ އައްނަ މަހުގެ ކުރީކޮޅަށްކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ގުޅުން ހުރި ޚަބަރު

ފުވައްމުލަކުން މިފަހަރު 52 ދަރިވަރަކު އޭ-ލެވެލް އިމްތިހާނު ހަދަނީ
ކިފާހް — September 29, 2026
ތަޢުލީމީ މަރުކަޒުގެ މިއަހަރުގެ ދަރިވަރުންގެ ދުވަސް މާދަމާ ފާހަގަކުރަނީ
ތާރިގް — July 31, 2026
ޒިކުރާ ސްކޫލްގެ ދިވެހި އަދަބީ ހަފްތާ އިއްޔެ ފަށައިފި
ތާރިގް — July 31, 2026ކޮމެންޓް
ލޯޑިންގ...
