
ފުވައްމުލަކުން މިފަހަރު 52 ދަރިވަރަކު އޭ-ލެވެލް އިމްތިހާނު ހަދަނީ
ފުވައްމުލަކުން މިފަހަރު 52 ދަރިވަރަކު އޭ-ލެވެލް އިމްތިހާނު ހަދަނީ
– 27 ސެޕްޓެމްބަރ 2026 ވީ އާދީއްތަ ދުވަހު ފެށިގެން ކުރިއަށްދާ މިއަހަރުގެ އޭ-ލެވެލް އިމްތިހާނުގައި ފުވައްމުލަކުން 52 ދަރިވަރަކު ބައިވެރިވަމުން އެބަދެއެވެ. ފުވައްމުލަކުގައި އޭ-ލެވެލް ފެންވަރަށް ކިޔަވައިދެނީ ހަމައެކަނި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
މިއަހަރުގެ އިމްތިހާނުގައި ދެ ސްޓްރީމަކުން ދަރިވަރުން ބައިވެރިވާއިރު، އެންމެ ގިނައީ ސައިންސް ސްޓްރީމްގެ ދަރިވަރުންނެވެ. އޭލެވެލް އިމްތިހާނުގައި ސައިންސް ސްޓްރީމު ހަދާ 40 ދަރިވަރުން ބައިވެރިވާއިރު ކޮމާސް ސްޓްރީމު ހަދާ 12 ދަރިވަރަކު އިމްތިހާނުގައި ބައިވެރިވެއެވެ.
މި އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ތެރޭގައި ގިނައީ އަންހެން ދަރިވަރުންނެވެ. އެއީ 33 އަންހެން ދަރިވަރުން އަދި 19 ފިރިހެން ދަރިވަރުންނެވެ.
އިމްތިހާނު ތާވަލުގައިވާ ގޮތުން މިއަހަރުގެ އިމްތިހާނު ނިމޭނީ އަންނަ އޮކްޓޯބަރު މަހުގެ 30 ވާ ހުކުރު ދުވަހުއެވެ.
އޭ-ލެވެލް އިމްތިހާނަކީ މަތީ ތައުލީމީ ރޮނގުން އިތުރަށް ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް، ކޮލެޖް/ޔުނިވަރސިޓީ އެންޓްރެންސަށް ވަރަށް މުހިންމު އިމްތިހާނެކެވެ. މީގެއިތުރުން، މި އިމްތިހާނުން ވަކި މިންގަނޑަކަށްވުރެ މަތިން ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޯލާޝިޕް ލިބިއެވެ. މިއީ އެ ދަރިވަރަކު ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ސަރުކާރުގެ ފުރިހަމަ ޚަރަދުގައި ލިބިގެންދާ މަތީ ފެންވަރުގެ ސްކޯލާޝިޕެކެވެ.
ގުޅުން ހުރި ޚަބަރު


ތަޢުލީމީ މަރުކަޒުގެ މިއަހަރުގެ ދަރިވަރުންގެ ދުވަސް މާދަމާ ފާހަގަކުރަނީ
ތާރިގް — July 31, 2026
ޒިކުރާ ސްކޫލްގެ ދިވެހި އަދަބީ ހަފްތާ އިއްޔެ ފަށައިފި
ތާރިގް — July 31, 2026ކޮމެންޓް
ލޯޑިންގ...
