
ވޭތުވެދިޔަ އަހަރު ތައުލީމީ މަރުކަޒުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހުސައިން ނަޝާތު އިބުރާހިމް
ފާއިތުވި 2010 ވަނަ އަހަރު ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން ތަޢުލީމު ޙާސިލު ކުރި ދަރިވަރުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ފުވައްމުލަކު ޑޭޒީ ޙުސައިން ނަޝާތު އިބްރާހީމް ހޮވައިފިއެވެ.
2010 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ނަޝާތު ހޮވިކަން އިޢުލާން ކޮށްފައިވައިނީ 2010 ވަނަ އަހަރު ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމު ޙާސިލުކުރި ދަރިވަރުންގެ ތެރެއިން އެކިއެކި ރޮނގުތަކުން ވަނަތަށް ޙާސިލުކުރި ދަރިވަރުންނަށް އިނާމު ދިނުމަށްޓަކައި އެމަރުކަޒުގެ ހޯލުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ޖަލްސާގައެވެ. ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ދަރިވަރު ނަޝާތަށް، ހުރިގާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރުގެ ސޭޝްއާއި ޓްރޮފީއާއި ހަދާނީ ލިޔުމާއި އިނާމު ހަވާލުކޮށްދެއްވީ އެޖަލްސާގެ ޝަރަފުވެރި މެހުމާން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނާއިބު އިބްރާހީމް ރަޝީދެވެ.
ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ނަޝާތު ހޮވުނުއިރު އޭނާ ވަނީ 2010 ވަނަ އަހަރު ބޭއްވި ކޭމްބްރިޖު ޖީސީއީ އޯލެވެލާއި އެސެއެސްސީ އިމްތިހާނުގެ 8 މާއްދާއިން އޭ ފާސް ހޯދައި ރާއްޖޭގެ ގައުމީ ގަދަ ދިހައެއްގެ އެއްވަނަ ވެސް ހޯދާފައެވެ. އަދި 2010 ވަނަ އަހަރު ހުރިހާގޮތަކުން އެންމެ ރަނގަޅު ސްކައުޓު، ހުރިހާ ގޮތަކުން އެންމެ ރަނގަޅު ޕްރިފެކްޓުގެ މަގާމުވެސް ނަޝާތަށް ލިބިފައިވެއެވެ.
ޚާއްސަ އިނާމުގެ ގޮތުގައި 2010 ވަނަ އަހަރު ބޭއްވުނު ޖީސީއީ އޭލެވެލާއި އެޗްއެސްސީ އިމްތިހާނުގެ އިސްލާމުން ރާއްޖެއިން 1 ވަނަ ހޯދި ފުވައްމުލަކު ފެންލައިޓު އިބްރާހީމް ޢާދިލަށާއި ފުވައްމުލަކު ދިރާސާ އިބްތިސާމް އިބްރާހީމަށް ވެސް ވަނީ ޓްރޮފީއާއި ޝީލްޑާއި ސެޓުފިކެޓު ދީފައެވެ. މީގެ އިތުރުން ޖީސީއީ އޯލެވެލާއި އެސްސީ އިމްތިހާނުގެ ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު އެމަރުކަޒުގެ 14 ދަރިވަރުންނަށާއި ޖީސީއީ އޭލެވެލް އިމްތިހާނުގެ ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު ތިން ދަރިވަރުންނަށްވެސް ޚާއްސަ ހަދާނީ ލިޔުމާއި ޝީލްޑާއި ޓްރޮފީ ދީފައިވެވެ.
އިނާމު ދިނުމުގެ ޖަލްސާގައި 2010 ވަނަ އަހަރު އެމަރުކަޒުގައި ތަޢުލީމު ހާސިލުކުރި ދަރިވަރުންގެ ތެރެއިން ތަފާތު އެކިއެކި ރޮނގުތަކުން ގިނަ ދަރިވަރުންތަކަކަށް އިނާމު ދީފައި ވެއެވެ. އެގޮތުން އެވްރެޖް ހަތްދިހަ ފަހަކަށްވުރެ މަތިން (ޖެނެރަލް ޕްރޮފިޝެންސީ އިނާމް) ހޯދި ދަރިވަރުނަށާއި، އެވްރެޖް އަށްޑިހަ ފަހަކަށްވުރެ މަތިން (އޮނަރ ލިސްޓެޑް އެވޯރޑް) ހޯދި ދަރިވަރުންނަށާއި، ކިލާހުން އެއްވަނަ ހޯދި ދަރިވަރުންނަށާއި، އަޚްލާޤީ ގޮތުން އެންމެ ރަގަޅު ދަރިވަރުންނަށާއި، އެއްޓާމުން އަނެއް ޓާމަށް ކުރިއެރުން (ކްލާސް ޕްރޮގްރެސް ޕްރައިޒު) ހޯދާފައިވާ ދަރިވަރުންނަށާއި މާއްދާތަކުން އެއްވަނަ ހޯދި ދަރިވަރުންނަށް އިނާމު ދީފައި ވެއެވެ.
މީގެ އިތުރުން 2010 ވަނަ އަހަރު ސްކޫލްގެ އިސްމަގާމު ތަކުގައި ތިބި ދަރިވަރުންނަށާއި 2010 ވަނަ އަހަރު ޏ. ފުވައްމުލަކުގައި ބޭއްވި ސެވަން ސީސް އިންޓަރ އެޓޯލް ސްކޫލް އެޓޯލްސް ސްކޫލް 14 ވަނަ އެތްލެޓިކްސް މީޓުން އެކިއެކި އިވެންޓް ތަކުން 1 ވަނަ ހޯދި ދަރިވަރުންނާއި އިންޓަރ ސްކޫލް ރެކޯޑް ހެދި ދަރިވަރުންނަށާއި ޖީ. ސީ. އީ އޯލެވެލާއި އެސް. އެސް. ސީ އިމްތިހާނުގެ ހުރިހާ މާއްދާތަކުން ފާސްވި ދަރިވަރުންނަށާއި އެ އިމްތިހާނުގެ ތަޢުލީމީ މަރުކަޒުން އެންމެ ރަނގަޅު ނަތީޖާ ހޯދި 10 ދަރިވަރުނަށާއި އެ އިމްތިހާނުގެ 3 މާއްދާއަށް ވުރެ މަތިން " އޭ " ފާސް ހޯދި ދަރިވަރުންނަށްވެސް މި ޖަލްސާގައި އިނާމު ދީފައި ވެއެވެ. އަދި ޖީ. ސީ. އީ އޭލެވެލާއި އެޗް. އެސް. ސީ އިމްތިހާނުގެ ހުރިހާ މާއްދާތަކުން ފާސްވި ދަރިވަރުންނަށާއި އެ އިމްތިހާނުގެ ތަޢުލީމީ މަރުކަޒުން އެންމެ ރަނގަޅު ނަތީޖާ ހޯދި 5 ދަރިވަރުންނަށާއި އެއިމްތިހާނުން އޭ ފާސް ހޯދި ދަރިވަރުންނަށް އިނާމު ދީފައިވާއިރު 2010 ވަނަ އަހަރު ކިޔެވުމަށް އެންމެ ރަނގަޅު ހައުސްއަށާއި ކުޅިވަރަށް އެންމެ ރަނގަޅު ހައުސް އަދި ހުރިހާ ގޮތަކުން އެންމެ ރަގަޅު ހައުސް އަށް ވެސް ވަނީ އިނާމު ދީފައެވެ.
ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި އެރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބު އިބްރާހީމް ރަޝީދު ދެއްކެވި ވާހަކަފުޅުގައި ތަޢުލީމީ މަރުހަލާގައި ނާކާމިޔާބީއަކީ އޮންނަން އެއްޗެއްކަން ކޮންމެ ކުއްޖަކުވެސް ގަބޫލުކޮށް ނާކާމިޔާބީން އިބްރަތް ލިބިގަނެގެން ކުރިމަގު ބައްޓަން ކުރުމަށާއި ތިމާއަކީ ކާމިޔާބު މީހަކަށް ވުމަށް ހިތްވަރާ އަޒުމާއެކު މަސައްކަތް ކުރުމަށް ގޮވައި ލެއްވިއެވެ. އަދި އެޕަލް ކުންފުނީގެ ބާނީ ސްޓީވް ޖޮބްސް އާއި ސައިންސް ވެރިޔާ ތޯމަސް އެޑިޝަން ފަދަ ބޭބޭފުޅުންގެ ހަޔާތްޕުޅުން މިސާލު ގެންނަވައި ނާކާމިޔާބީއާއެކު ހިތްވަރު އެލުވައި ނުލުމަށް ދަރިވަރުންނަށް ގޮވައިލެއްވިއެވެ. އަދި ތަޢުލީމީ މަރުހަލާގައި ޢިލްމު އުގެނުމަށްޓަކައި މިއަދު ލިބިފައިވާ ފަހި ފުރުޞަތުތަކާއެކު "މިއަދު" ގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ޢިލްމު އުގެނުމަށް ގޮވައިލެއްވިއެވެ.
މިޖަލްސާގައި ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޢަބްދުﷲ ރަޝީދު ދެއްކެވި ވާހަކަފުޅުގައި ތައުލީމީ މަރުކަޒަކީ ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ސްކޫލްތަކާ ވާދަކުރަމުން އަންނަ ސްކޫލެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް ތަޢުލީމީ މަރުކަޒަކީ ފާއިތުވި ތިން އަހަރުވެސް އޭލެވެލް އިމްތިހާނުން މުޅި ރާއްޖެއިންވެސް އެންމެ ރަނގަޅު ސްކޫލް ކަމާއި އަދި މިއަހަރު ލިބިފައިވާ ނަތީޖާއިން އެކަން މާރަނގަޅަށް ސާބިތު ވާކަމުގައި ވިދާޅުވިއެވެ. އަދި ހަމައެހެންމެ އޭލެވް އިމްތިހާނުތަކުން ހާސިލުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައޅާފައިވާ މިންގަނޑަށްވުރެ މަތިން ތަޢުލީމީ މަރުކަޒުން މިދިޔަ އަހަރާއި މިއަހަރުވެސް ނަތީޖާ ހޯދާފައިވާކަން ޢަބްދުﷲ ފާހަގަކުރެއްވިއެވެ.
ބުރާސްފަތި ދުވަހުގެ ރެއަކީ މޫސުން ގޯސް ބޯކޮށް ވާރޭ ވެހުނު ރެއެއް ނަމަވެސް ރަށުގެ އިސްވެރިންނާއި ބެލެނިވެރިންނާއި އެހެން ސްކޫލްތަކުގެ ބައެއް ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ތަޢުލީމީ މަރުކަޒުގެ ގިނަ ޢަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި މުސައްދައްރިސުން ޖަލްސާގައި ބައިވެރިވިއެވެ.
ގުޅުން ހުރި ޚަބަރު

ފުވައްމުލަކުން މިފަހަރު 52 ދަރިވަރަކު އޭ-ލެވެލް އިމްތިހާނު ހަދަނީ
ކިފާހް — September 29, 2026

ތަޢުލީމީ މަރުކަޒުގެ މިއަހަރުގެ ދަރިވަރުންގެ ދުވަސް މާދަމާ ފާހަގަކުރަނީ
ތާރިގް — July 31, 2026ކޮމެންޓް
ލޯޑިންގ...
