
އުލާ ޕްރީސްކޫލް ކޮންސަޓް 2011 ބާއްވައިފި
ދަރިވަރުންގެ ހުނަރު ތަރައްގީކޮށް އެހުނަރު އެހެން ފަރާތްތަކަށް ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި "އުލާ ޕްރީސްކޫލް ކޮންސަޓް 2011" ގެ ނަމުގައި އެސްކޫލުން ކޮންސަޓެއް ބާއްވައިފިއެވެ.
ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން ކޮންސަޓް ރާވާ ހިންގުމުގައި އިސްވެ ހަރަކާތްތެރިވި ސްކޫލުގެ ޓީޗަރު ޚަދީޖާ މުހައްމަދު ވިދާޅުވީ ހުކުރުދުވަހު ހަވީރު ސްކޫލުގައި ބެއްވި މިކޮންސަޓް ރާވާ ހިންގުމުގައި އެންމެ ބޮޑަށް ބައްލަވާފައިވަނީ ސްކޫލުގައި މިވަގުތު ތިބި ހުރިހާ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ކަމުގައެވެ.
"ކޮންސަޓް ރާވާ ހިންގުމުގައި އަޅުގަނޑުމެން އެނމެ ބޮޑަށް ބަލާފައިވާނީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ފުރުސަތު ދިނުމަށް، މި ކޮންސަޓް ގައި އުލާ ޕްރީ ސްކޫލުގައި މިވަގުތު ތިބި ހުރިހާ ކުދިންވެސް ބައިވެރިވި. ކޮންމެ ކުއްޖަކުވެސް އެންމެ މަދުވެގެން ކޮންމެވެސް އެއް އައިޓަމެއްގައި ބައިވެރިވި، އަދި ސްކޫލުގެ އިސްދަރިވަރުންނާ ސްކޫލާ އެކު ރަނގަޅު ގުޅުމެއް ބޭއްވުމުގެ މަގުސަދުގައި އިސް ދަރިވަރުންނަށް ވެސް އަޅުގަނޑުމެން ފުރުސަތު ދިނިން" ޚަދީޖާ ވިދާޅުވިއެވެ.
މި ކޮންސަޓް ގައި ލަވަޔަށް ހަރަކާތް ކުރުމާއި، ޅެންކިޔުން. ލަވަކިޔުން، ޕޮޔަމްކިޔުން، މަދަހަ ކިޔުން އަދި ފެޝަން ޕެރޭޑް ބެއްވިފައިވެއެވެ.
ޚަދީޖާ ވިދާޅުވީ ކޮންސަޓެއްގެ ގޮތުގައި މިހަރަކާތް ބޭއްވުނު މިއީ ފުރަތަމަ ފަހަރުކަމުގައެވެ. އަދި ކޮންސަޓް ވަރަށް ކާމިޔާބު ކަމަށާއި ބެލެނިވެރިންނާއި ހެޔޮއެދޭ ވަރަށް ގިނަ ފަރާތްތަކެއްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމުގައިވެސް ޚަދީޖާ ވިދާޅުވިއެވެ.
ގުޅުން ހުރި ޚަބަރު

ފުވައްމުލަކުން މިފަހަރު 52 ދަރިވަރަކު އޭ-ލެވެލް އިމްތިހާނު ހަދަނީ
ކިފާހް — September 29, 2026

ތަޢުލީމީ މަރުކަޒުގެ މިއަހަރުގެ ދަރިވަރުންގެ ދުވަސް މާދަމާ ފާހަގަކުރަނީ
ތާރިގް — July 31, 2026ކޮމެންޓް
ލޯޑިންގ...
