
އެކުވެރި ފުނާޑާއި މިސްކިތްމަގު އެންމެންގެ ގުޅުން، ފުވައްމުލައް ސިޓީ ކައުންސިލް ކްރިކެޓް މުބާރާތުގެ ފައިނަލަށް
މިހާރު ކުރިއަށްދާ ފުވައްމުލައް ސިޓީ ކައުންސިލް ކްރިކެޓް މުބާރާތް 2026 ގެ ފައިނަލުން އެކުވެރި ފުނާޑާއި މިސްކިތްމަގު އެންމެންގެ ގުޅުން ޖާގަ ހޯދައިފިއެވެ.
އިއްޔެ ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ދިގުވާނޑާ ވާދަކޮށް، މެޗު ކާމިޔާބުކޮށްގެން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ. މި މެޗުގައި ފުރަތަމަ ކުޅެން އަރައި މިސްކިތްމަގު އެންމެންގެ ގުޅުމުން ވަނީ އަށް އޯވަރުގެ ތެރޭގައި 76 ލަނޑު ހަދާފައެވެ. ޖަވާބުގައި ކުޅެން އަރައި ޔުނައިޓެޑް ދިގުވާނޑަށް އަށް އޯވަރުގެ ތެރޭގައި ހެދުނީ 69 ލަނޑެވެ. މިއާއެކު 7 ލަނޑުގެ ތަފާތަކުން މެޗު ކާމިޔާބުކުރީ މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެ ޓީމުގެ އައިޝަތު ހަފްސާއެވެ.
އެކުވެރި ފުނާޑުން ފައިނަލުގެ ޖާގަ ކަށަވަރުކުރީ އިއްޔެ ހަވީރު ޑީއެސްއާރުސީ އާއި ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗު 6 ލަނޑުން ކާމިޔާބުކޮށްގެންނެވެ. މެޗުގައި ފުރަތަމަ ކުޅެން އަރައި އެކުވެރި ފުނާޑުން 8 އޯވަރުގެ ތެރޭގައި 74 ލަނޑު ހެދިއިރު، ޖަވާބުގައި ކުޅެން އަރައި ދަޑިމަގު ރަނިންގ އަށް 8 އޯވަރުގެ ތެރޭގައި ހެދިފައިވަނީ 68 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެކުވެރި ފުނާޑުގެ ނަދީމާ އިބްރާހިމްއެވެ.
އެކުވެރި ފުނާޑާއި މިސްކިތްމަގު އެންމެންގެ ގުޅުން ބައްދަލުކުރާ ފޯރިގަދަ ފައިނަލް މެޗު އޮންނާނީ މިއަދު ހަވީރު 16:15 ގައެވެ.
ގުޅުން ހުރި ޚަބަރު

އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް ސައުތް ޒޯން 2 ގެ މެޗުތައް ފުވައްމުލައް ސިޓީގައި ބާއްވަނީ
ކިފާހް — November 8, 2026

ފުވައްމުލައް ސިޓީ ކައުންސިލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން އެކުވެރި ފުނާޑުން ހޯދައިފި
ކިފާހް — November 1, 2026ކޮމެންޓް
ލޯޑިންގ...
