
ފުވައްމުލަކު ހޮސްޕިޓަލުގެ ވެންޓިލޭޓަރު ތައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައިކަމަށް ދެކެވެނީ ހަގީގަތާއި ޚިލާފު ވާހަކައެއް - ހޮސްޕިޓަލް
ފުވައްމުލަކު ހޮސްޕިޓަލުގެ ވެންޓިލޭތަރުތައް ހުރީ ބޭނުންނުކުރެވޭހާލަތުގައިކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާއި ޚިލާފުވާހަކައެއްކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތުދީފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގައި ބޭނުންކުރާ ދެ ވެންޓިލޭޓަރުވެސް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައިކަމަށް ވާހަކަ ދެކެވޭތީ އެކަން ސާފުކުރުމަށް ގުޅުމުން ހޮސްޕިޓަލުގެ ސީނިއާރ މުވައްޒަފަކު ވިދާޅުވީ ހޮސްޕިޓަލުގެ އައިސީޔޫގައި ބޭނުންކުރާ ދެ ވެންޓިލޭޓަރުގެ ތެރެއިން އެއްވެންޓިލޭޓަރުގެ ކެލިބްރޭޝަން އިޝޫއެއް ދިމާވެފައިވާ ކަމަށާއި އެހެންނަމަވެސް ދެންހުރި ވެންޓިލޭޓަރު ހުރީ ރަނގަޅަށް ކަމަށާއި މިހާރުވެސް ބޭނުން ކުރަމުން ދާކަމުގައެވެ. އަދި ބޭނުންޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރެވޭ ގޮތަށް ތިންވަނަ ވެންޓިލޭޓަރެއްވެސް އެބަހުރިކަމުގައެވެ.
އިތުރަށް ސާފުކޮށްދެއްވަމުން އެ މުވައްޒަފު ވިދާޅުވީ ކެލިބްރޭޝަންގެއްލުން ފަދަ މައްސަލަތަކަކީ މަދުންނަމަވެސް ދިމާވާ ކަންކަން ކަމަށާއި އެފަދަ މައްސަލަ ދިމާވުމުން އަބަދުވެސް އެކަން ހައްލުކުރުމަށް އަވަސްމަސައްކަތްތަކެއް ކުރެވި ހައްލު ހޯދޭކަމުގައެވެ. އެގޮތުން މިމައްސަލަ ހައްލުކުރުމަށް މިނިސްޓްރީ އޮފް ހެލްތުގެ ބަޔޯމެޑިކަލް އިންޖިނިއަރަކު ގެނަމުގެ މަސައްކަތް ކުރެވެންދާކަމަށް ކަމުގައިވެސް ވިދާޅުވިއެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
