
107 ލީޑިންޓީޗަރުންނާއި އެކު ސައުތުޒޯން ލީޑިންޓީޗާސް ވޯކްޝޮޕް 2026 ފެށިގެން ކުރިއަށް
"ސައުތުޒޯން ލީޑިންޓީޗާސް ވޯކްޝޮޕް 2026" ނަމުގައި ވޯކްޝޮޕެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ. އޮކްޓޫބަރު 31 އިން ނޮވެމްބަރުމަހު ދެވަނަދުވަހުގެ ނިޔަލަށް ހިންގާ މި ވޯކްޝޮޕް ކުރިއަށްގެންދަނީ ފުވައްމުލަކު މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) ހޯލުގައެވެ.
ވޯކްޝޮޕާއި ބެހޭ ގޮތުން މާއިރި އަށް މައުލޫމާތު ދެއްވަމުން، ސައުތޯޒޯނާއި ހަވާލުވެ ހުންނެވި މިނިސްޓްރީގެ ޑެޕިއުޓީ އެޑިޔުކޭޝަން ސްޕްރިންޓެންޑެންޓް އިސްމާއިލް މަސްރޫފް ވިދާޅުވީ މިއީ މިނިސްޓަރގެ އިސްނެންގެވުމަކަށް މިނިސްޓްރީގެ އެކްސެލެންސް ޔުނިޓާއި އެމިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން (އެސްއޭ) ޔުނިޓު ގުޅިގެން ޔުނިސެފްގެ އެހީތެރިކަމާއިއެކު ހިންގާ ވޯކްޝޮޕެއް ކަމުގައެވެ. މި ވޯކްޝޮޕްގައި ސައުތުޒޯން ގެ 107 ލީޑިން ޓީޗަރުން ބައިވެރިވެ ވަޑައިގަންނަވާކަމުގައެވެ. އަދި މި ވޯކްޝޮޕަކީ ސްކޫލްތަކުގެ މިޑްލް މެނޭޖްމަންޓް ވަރުގަދަކޮށް ހިންގުން ހަރުދަނާކޮށް ނަތީޖާ ރަގަޅު ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ ވޯކްޝޮޕެއްކަމުގައެވެ. މަސްރޫފް އިތުރަށް ވިދާޅުވީ މިއީ މީގެ ފުރަތަމަ ވޯކްޝޮޕް ކަމަށާއި މިނިސްޓަރ ބޭނުންފުޅުވަނީ 2027 ނިމުމުގެ ކުރިން މުޅި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ލީޑީންޓީޗަރުންނަށް މިވޯކްޝޮޕް ކުރިއަށް ގެންދުއުމަށް ކަމުގައެެވެ.
މިވޯކްޝޮޕްގައި މައިގަނޑުގޮތެއްގައި ބައިވެރިންނަށް ދަސްކޮށްދެވޭނޭ ކަންތައްތަކުގެތެރޭގައި، ހަރުދަނާ އިންސްޓްރަކްޝަނަލް ލީޑަރަކަށް ވުން، ފައްސި މާހައުލެއް ސްކޫލްތަކުގައި ގާއިމުކުރުމަގެ ބާރަކަށް ވުން، ކިޔަވައިދިނުން ހަރުދަނާ ކުރުން، ހުރިހާ ކުދިން ޝާމިލުކުރުމުގެ އުކުޅުތައް އަދި ސްކޫލް އިމްޕްރޫވްމަންޓްޕްލޭންތައް ރަނގަޅުގޮތުގައި ތައްޔާރުކުރުމަށް އެހީތެރިވެދިނުމަށް ބޭނުންވާ މައުލޫމާތާއި ހުނަރުތައް ދަސްކޮށްދިނުން ހިމެނެއެެވެ. އަދި ވޯކްޝޮޕްގެ ތެރެއިން 90 ދުވަހުގެ ލީޑިންޓީޗަރ އެކްޝަން ޕްލޭނެއްވެސް ތައްޔާރުކުރެވޭނޭކަމަށް މަސްރޫފު ވިދާޅުވިއެވެ.
މިވޯކްޝޮޕްގައި މިނިސްޓްރީގެ ކަމާއި ގުޅޭ ތަޖުރިބާކާރު ބޭފުޅުންގެ އިތުރުން މެލޭޝިއާގެ ޔުނިވާސިޓީ މަލަޔާގެ ދެ ޕްރޮފެސަރުންވެސް ސެޝަންތައް ނަންގަވައިދެއްވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
