
ފުވައްމުލަކުގައި މިއަދު ލޭންޑްކުރި ފުލައިޓުގެ ކްޕްޓަނަކީ ކެޕްޓަން ޙުސައިން ހައިދަރު
ފުވައްމުލަކުގެ ތާރީޚްގައި ފުވައްމުލަކުގައި ފުރަތަމަފަހަރަށް ލޭންޑްކުރި ފްލައިޓްގެ ފަޚުރުވެރި ކެޕްޓަނަކީ އައިލެންޑް އޭވިއޭޝަންގެ އޮޕަރޭޝަން އެސިސްޓެންޓް ޑިރެކްޓަރ، ކެޕްޓަން ހުސައިން ހައިދަރެވެ.
ފުވައްމުލަކު އެއަރޕޯޓްގެ ރަންވޭ ޓެސްޓް ކުރުމަށް މިއަދު 3.35 ގައި ފުވައްމުލަކު އެއަރޕޯޓްގެ ރަންވޭއަށް ލޭންޑް ކުރި ފްލައިޓްގެ ކެޕްޓަނަކަށް ޙުސައިން ހައިދަރު އިންނެވިއިރު ކޯ ޕައިލެޓަކަށް އިންނެވީ އައިލޭންޑް އޭވިއޭޝަންގެ ފްލައިޓް ސޭފްޓީ ކެޕްޓަން މުޙައްމަދު މަންސޫރެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އައިލެންޑް އޭވިއޭޝަންގެ ޓެކްނިކަލް ޓީމަކާއެކު ދަތުރުކުރި މި ފްލައިޓްގައި އައިލެންޑް އޭވިއޭޝަންގައި މަސައްކަތް ކުރައްވާ ޕައިލެޓުން (ކެޕްޓަނުން)ގެ ޓީމެއްވެސް ބައިވެރިވިއެވެ. މި ޓީމުގައި ފުވައްމުލަކު ޒުވާން ޕައިލެޓެއްކަމުގައިވާ ފުވައްމުލަކު ދަޑިމަގު ރިވާސް، ކެޕްޓަން މުޙައްމަދު މުބާހުވެސް ހިމެނިވަޑައިގަންނެވިއެވެ.
މިއަދުގެ ފްލައިޓް ލޭންޑް ކުރި ކެޕްޓަނަކީ މުބާހުކަމަށް ބައެއް މީޑިޔާތަކުން ޚަބަރު ފަތުރަމުންދާތީ ކައްޓެޅިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ މިއަދުގެ ފްލައިޓްގެ ކެޕްޓަނަކީ ހުސައިން ހައިދަރުކަމުގައެވެ. މިއަދުގެ ފްލައިޓްގައި އޭނާ އިއްނެވީ ޕެސެންޖަރުން ތިބޭ ބައިގައިކަމުގައެވެ. ނަމަވެސް އޭނާގެ އަމިއްލަ ރަށުގައި ފުރަތަމަ ފަހަރަށް ލޭންޑްކުރި ފްލައިޓްގައި އައުމުގެ ފުރުޞަތު ލިބުމުން ވަރަށް ބޮޑަށް އުފާވިކަމުގައި އޭނާ ވިދާޅުވިއެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
