
ފުވައްމުލައް ސިޓީ ހޮސްޕިޓަލުގެ ޑައިލެސިސް ޔުނިޓުގެ މުވައްޒަފުންނަށް މަޢުލޫމާތު ސެޝަނެއް ބާއްވައިފި
ފުވައްމުލައް ސިޓީ ހޮސްޕިޓަލުގެ ޑައިލެސިސް ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަޢުލޫމާތާއި ހުނަރު އިތުރުކުރުމުގެ ގޮތުން ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ.
ފުވައްމުލައް ސިޓީ ހޮސްޕިޓަލުގެ އެދުމުގެ މަތިން މެޑްޓެކް މޯލްޑިވްސްގެ ފަރާތުން ކުރިއަށްގެންދިޔަ މި ސެޝަން އޮތީ މިއަދު މެންދުރުފަހު 14:00 އިން ހަވީރު 16:00 އަށް، އެ ހޮސްޕިޓަލުގެ މީޓިންގ ރޫމުގައެވެ.
މި ސެޝަންގައި ޑައިލެސިސް ބަލިމީހުންނަށް ފަރުވާދިނުމުގައި ބޭނުންކުރާ މެޝިންތައް އެންމެ ފުރިހަމައަށް ބޭނުންކުރާނެ ގޮތުގެ އިތުރު މައުލޫމާތާއި، ފަރުވާގެ ކަންކަމުގައި އަމަލުކުރަންޖެހޭ އެންމެ ރަނގަޅު އުސޫލުތައް (ބެސްޓް ޕްރެކްޓިސެސް) އާއި ގުޅޭގޮތުން މުވައްޒަފުންނަށް ވަނީ މަޢުލޫމާތު ދީފައެވެ.
ފުވައްމުލައް ސިޓީ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، މިފަދަ ސެޝަނެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ޑައިލެސިސްގެ ޚިދުމަތް ހޯދާ ބަލިމީހުންނަށް އެކަށީގެންވާ، ފެންވަރު ރަނގަޅު ފަރުވާއެއް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާބިލުކަމާއި ހުނަރު މުވައްޒަފުންގެ ކިބައިގައި އިތުރުކުރުމެވެ.
ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތީ ދަރަޖައެއްގައި ހިފެހެއްޓުމަށާއި، ރައްޔިތުންނަށް އެދެވޭ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މުވައްޒަފުން ތަމްރީނުކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ފުވައްމުލަކު ހޮސްޕިޓަލުން އަންނަނީ އިސްނަގައިގެން ކުރިއަށްގެންދަމުންނެވެ. އެގޮތުން ދާދިފަހުންވެސް ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖާ ގުޅިގެން "އެންހޭންސިންގ ސަރވިސް އެކްސެލެންސް އިން ހެލްތުކެއަރ ސެޓިންގ" ގެ ނަމުގައި، ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގެ ހުނަރު މަތީފެންވަރަކަށް ގެންދިއުމަށް ޚާއްޞަ ސެޝަނެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
