
މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ދަށަށް ފުވައްމުލައް ހޮސްޕިޓަލް ބަދަލުކުރައްވައިފި
"މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައްވައި އޭގެ ބަދަލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އުފެއްދެވި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" ގެ ދަށަށް ފުވައްމުލަކު ހޮސްޕިޓަލްވެސް ބަދަލުކުރައްވައިފިއެވެ.
މިއީ ސަރުކާރުގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުއްވި ފިޔަވަޅެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިފިޔަވާޅާއި އެކު ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލްތަކާއި ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ސަރުކާރުގެ ހޮސްޕިޓަލްތައް އެއް ގަވާނިން ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގުން ހަމަޖެހިގެންދާނެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ އިތުރުންވެސް އަތޮޅުތެރޭގެ ފަސް ހޮސްޕިޓަލެއް ވަނީ މި ގްރޫޕްގެ ދަށަށް ބަދަލުކުރައްވާފައެވެ. އެއީ، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ގަން ރީޖަނަލް ހޮސްޕިޓަލެވެ.
މިގްރީޕްގެ ދަށަށް ގެނެވުނު ހޮސްޕިޓަލްތަކުގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި ރައިސުލް ޖުމްހޫރިއްޔާ ވަނީ ގަވާނިން ބޯޑެއް އުފައްދަވާފައެވެ. މިބޯޑު ޗެއާ ކުރައްވާނީ ސިއްޙީ ދާއިރާގެ ގިނަދުވަސްވީ ތަޖުރިބާ ކާރެއްކަމަށްވާ ޑރ. އަބްދުލް އަޒީޒް ޔޫސުފް އެވެ. ޖުމްލަ 17 މެންބަރުން ހިމެނިވަޑައިގަނަވާ މި ބޯޑުގައި، ފުވައްމުލައް ހޮސްޕިޓަލް ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި، ފަތުހުﷲ ނަސީމް ވެސް ހިމެނިވަޑައިގަންނަވައެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
