
ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދޭ ޚާއްޞަ ކުލާހެއް ފަށައިފި
ބަހުގެ ހަމަތަކާއެއްގޮތަށް މޮޅަށް ދިވެހިބަހުން ވާހަކަދެއްކުންތެރިން އުފެއްދުމުގެ މަޤްސަދުގައި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން 18 ދަރިވަރުންނާއެކު ދޮޅުމަސް ދުވަހުގެ ޚާއްޞަ ތަމްރީނު ކުލާހެއް ފަށައިފިއެވެ. ކުލާސް އޮންނާނީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ އަދި ބުދަ ދުވަހުއެވެ. ކުލާހުގައި ދަރިވަރުންނަށް ކިޔަވައިދެއްވާނީ ދާއިރާގެ ތަޖުރިބާކާރު އަލްފާޟިލާ ތަސްނީމް އަލީއެވެ.
މި ކޯހުގައި، ޖެހިލުންވުމެއް ނެތި ޕޯޑިއަމްގައި ކެރިގެން މައިކުން ވާހަކަދައްކާނެ ގޮތްތަކާއި، އޯޑިއަންސްގެ ޝައުޤުވެރިކަން ދަމަހައްޓާނެ މުހިންމު އުކުޅުތައް ޢަމަލީ އަދި ތިއަރީ ގޮތުން ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން އިންތިޒާމުކުރާ މި ކުލާހުގައި، ވާހަކަދެއްކުމުގެ ރީތި އުސޫލުތަކާއި، އަޑާއި ރާގު އަދި ހަށިގަނޑުގެ ހަރަކާތްތައް އެކަށީގެންވާ ގޮތުގައި ބޭނުންކުރާނެ ގޮތުގެ ހުނަރުތައް ދަސްކޮށްދެވޭނެއެވެ. އަދި މަޢުލޫމާތު އެއްކޮށް ތަރުތީބުކުރާނެ ގޮތްތަކާއި، މޮޅެތި ވާހަކަދެއްކުންތެރިންގެ ތަޖުރިބާގެ އަލީގައި މުބާރާތްތަކަށް ތައްޔާރުވާނެ އުކުޅުތައްވެސް ކިޔައިދެވޭނެއެވެ. މިފަދަ ކޯސްތަކަކީ ދަރިވަރުންގެ އިތުބާރު ބޮޑުކޮށް ލީޑަރުން ބިނާކުރުމަށް މުހިންމު ކަމަކަށް ވުމާއެކު، ލިބޭ ތަރުޙީބަށް ބަލައި އަންނަ އަހަރުވެސް މިފަދަ އިތުރު ކުލާސްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ކޮލެޖުން މައުލޫމާތުދެއެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
