
ފުވައްމުލައް ސިޓީ ކައުންސިލުން މެދުދާއިރާގެ މެންބަރު ފަޒާދުއާއި އެކު ބައްދަލުވުމެއް ބައްވައިފި
ފުވައްމުލަކުގެ ތަރައްޤީއަށް ކުރަން ނިންމާފައިވާ ކަންތައްތައް ފުވައްމުލަކަށް އެންމެ ފައިދާ ހުރި ގޮތަކަށްކުރިޔަށް ގެންދިއުމަށާއި ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާމެދު މަޝްވަރާކުރުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުއާއި އެކު ފުވައްމުލައް ސިޓީ ކައުންސިލުން ބައްދަލުވުމެއް ބާއްވައިފިއެވެ.
މާއިރިއަށް މައުލޫމާތު ދެއްވަމުން ކައުންސިލް އިދާރާގެ ކަމާބެހޭ މުވައްޒަފަކު ވިދާޅުވީ ކައުންސިލް އިދާރާގެ ޖަސްލާކުރާ މާލަމުގައި އޮތް މި ބައްދަލުވުމުގައި މައިގަނޑުކޮށް ވާހަކަ ދެކެވުނީ ސަރުކާރުން ފުވައްމުލަކުގައި ކުރިއަށް ގެންދަވާ އަދި ގެންދެވުމަށް ރާއްވަވާފައިވާ އެކި އެކި މަޝްރުއުތަކާ ބެހޭގޮތުންކަމުގައެވެ. އަދި އެކަންކަމާއި ދޭތެރޭ ކައުންސިލްގެ ވިސްނުން ހުރިގޮތާއި ކައުންސިލުން ގެންނަން ބޭނުންވާ ބަދަލުތަކާއި ބެހޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާކަމުގައެވެ.
މިއީ ކޮންމެ މަހަކު އެއްފަހަރު މެންބަރުންނާއި އެކު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ބައްދަލުވުމެކެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
