
ޒިކުރާ ވާހަކަދެއްކުމުގެ 4 ވަނަ މުބާރާތުގެ ނަތީޖާފާޅުކުރުން ބާއްވައިފި
ދީނީ ޢިލްމު ފަތުރައި، ހޭލުންތެރިކަން އިތުރުކޮށް، ވާހަކަދެއްކުންތެރިކަމުގެ ހުނަރު އާލާ ކުރުމުގެ މަޤުޞަދުގައި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ބޭއްވި ޒިކުރާ ވާހަކަދެއްކުމުގެ 4 ވަނަ މުބާރާތުގެ ނަތީޖާފާޅުކުރުން ރޭ ބާއްވައިފިއެވެ. ޒިކުރާ ކޮލެޖްގެ ޖަލްސާކުރާ މާލަމުގައިބޭއްވި މިރަސްމިއްޔާތުގެ ޝަރަފުވެރިމެހެމާނަކީ އިސްލާމީ ފަތުވާދޭ އެންމެ މަތީމަޖިލީހުގެ މެންބަރު ޑރ. އިލްޔާސް ހުސައިންއެވެ.
ޖުމްލަ 81 ދަރިވަރުން ވާދަކުރި މި މުބާރާތުގެ ސީނިއާ ގްރޫޕުން އެއްވަނަ ހޯދީ އަލީޒަހީރު އެކަޑަމީގެ ދަރިވަރު ޝައްމާ އަބްދުﷲ އަހްމަދެވެ. ދެވަނަ ހޮލިސްޓާ އެކަޑަމީގެ ދަރިވަރު މަރްޔަމް ޝަނުމް އަޙްމަދު ހޯދިއިރު ތިންވަނަ ހޯދާފައިވަނީ އަލީޒަހީރު އެކަޑަމީގެ ދަރިވަރު ޢާއިޝަތު ޝައިމާ އަޙުމަދު ނާޡިމްއެވެ. މުބާރާތުގެ ޖޫނިއާ ގްރޫޕުން އެވަނަ ހޯދީ ބްރައިޓްވޭ އިންޓަނޭޝަނަލް ފުވައްމުލައް ސްކޫލް ދަރިވަރު އާން ޢަލީ މިހާދެވެ. ދެވަނަ ހޯދީ ބްރައިޓްވޭ އިންޓަނޭޝަނަލް ފުވައްމުލައް ސްކޫލްގެ ދަރިވަރު ޔައުޤޫބް ބިން މުޙައްމަދު ޒާހިރެވެ. އަދި ތިންވަނަ ހޯދީ އަމިއްލަ ގޮތުން ބައިވެރިވި މިޝާ މުޙައްމަދު މިޞްބާޙްއެވެ،
މުއައްސަސާތަކުން އެއްވަނަ ހޯދާފައިވަނީ ޢަލީ ޒަހީރު އެކެޑެމީއެވެ. ދެވަނަ ހޯދީ ބްރައިޓްވޭ އިންޓަނޭޝަނަލް ފުވައްމުލައް ސްކޫލެވެ. އަދި ތިންވަނަ ހޯދީ ހޮލިސްޓާ އެކަޑަމީއެވެ.
މުބާރާތުގެ ކޮންމެ އުމުރުފުރާ އަކުންވެސް ވަނީ އެ އުމުރުފުރާއެއްގެ ގަދަ ފަސްކުދިން ހޮވާފައެވެ. އެގޮތުން:
9 އަހަރުން ދަށުގެ ގަދަ 5 ވަނަ ހޯދާފައިވަނީ:
އާމިނަތު ރަޔާ ރަޝީދު، ބްރައިޓްވޭ އިންޓަނޭޝަނަލް ފުވައްމުލައް ސްކޫލް
އައިލީ މުޙައްމަދު ނިޡާމް، ޢަލީ ޒަހީރު އެކަޑަމީ
މުޙައްމަދު ކައިފް އަޙްމަދު މުބީން، ހޮލިސްޓާ އެކަޑަމީ
އާމިނަތު އީނާލް ނަޖާޙު، ޢަލީ ޒަހީރު އެކަޑަމީ
ދާނާ ޝަފާޒު ޝަރީފް، ބްރައިޓްވޭ އިންޓަނޭޝަނަލް ފުވައްމުލައް ސްކޫލް
11 އަހަރުން ދަށުގެ ގަދަ 5 ވަނަ ހޯދާފައިވަނީ:
އާން ޢަލީ މިހާދު، ބްރައިޓްވޭ އިންޓަނޭޝަނަލް ފުވައްމުލައް ސްކޫލް
ޔައުޤޫބް ބިން މުޙައްމަދު ޒާހިރު، ބްރައިޓްވޭ އިންޓަނޭޝަނަލް ފުވައްމުލައް ސްކޫލް
މިޝާ މުޙައްމަދު މިޞްބާޙް، އަމިއްލަ
ހާޖަރު ޢާއިޝާ ފަޒާދު، ބްރައިޓްވޭ އިންޓަނޭޝަނަލް ފުވައްމުލައް ސްކޫލް
އައިލީން އަޙްމަދު ޞަބާޙް، ބްރައިޓްވޭ އިންޓަނޭޝަނަލް ފުވައްމުލައް ސްކޫލް
13 އަހަރުން ދަށުގެ ގަދަ 5 ވަނަ ހޯދާފައިވަނީ:
މިޝްޔާ މުޞްޠަފާ، ޢަލީ ޒަހީރު އެކަޑަމީ
ޢަލީ ޝައިމް ޝުޖާޢު، އަމިއްލަ
ޢީނާ އަޙްމަދު ޢަލީ، ޢަލީ ޒަހީރު އެކަޑަމީ
ޢަލާނީ އީމާން އިބްރާހީމް، ޢަލީ ޒަހީރު އެކަޑަމީ
15 އަހަރުން ދަށުގެ ގަދަ 5 ވަނަ ހޯދާފައިވަނީ:
އީނާލް ޢިނާޛް ޢަބްދުލްވާޙިދު، އަމިއްލަ
ޙަމްނާ ބިންތި މުޙައްމަދު ސިނާން، ޢަލީ ޒަހީރު އެކަޑަމީ
ޢަލީ އައިމަން އަޙްމަދު، ޢަލީ ޒަހީރު އެކަޑަމީ
ޢާއިޝަތު އީޝަލް ނަޖާޙު، އަމިއްލަ
އާމިނަތު އަޢުހާ ޢާދިލް އިބްރާހިމް، ޢަލީ ޒަހީރު އެކަޑަމީ
17 އަހަރުން ދަށުގެ ގަދަ 5 ވަނަ ހޯދާފައިވަނީ:
ޝައްމާ ޢަބްދުﷲ އަޙްމަދު، ޢަލީ ޒަހީރު އެކަޑަމީ
ޢާއިޝަތު ޝައިމާ އަޙުމަދު ނާޡިމް، ޢަލީ ޒަހީރު އެކަޑަމީ
ޢާއިޝަތު ޔަލްނާ އިސާމް، އަމިއްލަ
އައިޝް ނަމާ މުޙައްމަދު ޙަސަން، ޢަލީ ޒަހީރު އެކަޑަމީ
އަޙްމަދު ޝައިން މުޞްޠަފާ، ޢަލީ ޒަހީރު އެކަޑަމީ
17 އަހަރުން މަތީގެ ގަދަ 5 ވަނާގައި ހިމެނިފައިވަނީ 3 ދަރިވަރުންނެވެ. އެއީ:
ޝަޔާލް އަޙްމަދު ނަސީމް، ޢަލީ ޒަހީރު އެކަޑަމީ
ޢައްމާރު ބިން މުޙައްމަދު ސިނާނު، ޢަލީ ޒަހީރު އެކަޑަމީ
އާޠިފް އިބްރާހީމް، ޢަލީ ޒަހީރު އެކަޑަމީ
ރަސްމިއްޔާތުގައި ބައިވެރިންނާއި މިޚާތަބުކުރައްވަމުން ޝަރަފުވެރި މެހެމާނު ޑރ. އިލްޔާސް ހުސައިން ވަނީ ވާހަކަދެއްކުންތެރިއެއްގެ ގޮތުން އަމިއްލަ ތަޖުރިބާ ބައިވެރިންނާ ހިއްސާ ކުރައްވާފައެވެ. އަދި މުބާރާތުގެ ފަނޑިޔާރު ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ކުދިންގެ ހުށަހެޅުންތަކުން ފާހަގަ ކުރެވުނުކަންތައްތަކަށް އަލިއަޅުއްވައި އެކަންތައް ރަނގަޅުކުރުމަށް އިރުޝާދުދެއްވިއެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
