
އެމްޖޭއެމްގެ ސްޓާފުންނާއި ބެލެނިވެރިން އެއާޕޯޓަށް ދެކުމެއް ދީފި
ފުވައްމުލަކު އެއާޕޯޓުގެ މަސައްކަތް ނިމެމުންދާތީ އެކަމަށް އުފާފާޅުކުރުމުގެ ގޮތުން މަދަރުސައް ޝައިޚް މުޙައްމަދު ޖަމާލުއްދީނު (އެމްޖޭއެމް) ގެ ސްޓާފުންނާއި ބެލެނިވެރިން އެއަރޕޯޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދެކުމެއް (ފަރިވަޅެއް) ދީފިއެވެ.
އެމްޖޭޖޭއެމްގެ ސްޓާފުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެގެން ދިން މި ދެކުމާ އެއަރޕޯޓް ސަރަހައްދުން ހަވާލުވެވަޑައިގަތީ އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝާހިދު އަލީ އެވެ. އެއަރޕޯޓްގައި މަސައްކަތްކުރާ ފަރާތްތަކަށް އެމްޖޭއެމްގެ ބެލެނިވެރިންނާއި ސްޓާފުން ދިން މި ދެކުމުގައި ބޮނޑިބަތާއި، ކުޅިމަހާއި، ބޯފޮޅި، ކުނބުސް، އަލަ، ވަޅޯމަހާއި، ފިހުނު މަސްފަދަ ކެއުމުގެ ތަފާތު ބާވަތްތަކާއި، އެކިވައްތަރުގެ ބުއިންތައް ހިމެނެއެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ދެކުމުގައި އެމްޖޭއެމްގެ ޕްރިންސިޕަލް ޝަރީފް މުޙައްމަދު މަނިކުވެސް ބައިވެރިވެވަޑައިގަތެވެ.
ބޮޑެތި މަސައްކަތްތައް ހިނގަމުންދާއިރު އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން މަސައްކަތް ހިންގަމުންދާ ސަރަހައްދަށް ދެކުމާދިއުން (ފަރިވަޅު ހިފައިގެން ދިއުން) މިއީ އާދަކާދައާއި ސަގާފަތުގެ ތެރެއިން ފުވައްމުލަކުގައި ކުރެވެމުންއައި ކަމެކެވެ.
ގުޅުން ހުރި ޚަބަރު

ފުވައްމުލަކުން މިފަހަރު 52 ދަރިވަރަކު އޭ-ލެވެލް އިމްތިހާނު ހަދަނީ
ކިފާހް — September 29, 2026

ތަޢުލީމީ މަރުކަޒުގެ މިއަހަރުގެ ދަރިވަރުންގެ ދުވަސް މާދަމާ ފާހަގަކުރަނީ
ތާރިގް — July 31, 2026ކޮމެންޓް
ލޯޑިންގ...
