
ވުމެންސް އެންޓްރަޕްރެނާޝިޕް ޑޭ ފާހަގަ ކުރުމަށް ފޯރަމެއް ބާއްވައިފި
ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ވުމެންސް އެންޓްރަޕްރެނާޝިޕް ޑޭ (ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު 19) ފާހަގަ ކުރުމުގެ ގޮތުން ބިޒްނަސް ސެންޓަރ ކޯޕޮރޭޝަން (ބީސީސީ) ފުވައްމުލައް އަދި ފުވައްމުލައް އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެން "ރަނަ ފޯރަމް 2026" ގެ ނަމުގައި ފޯރަމެއް އިއްޔެރޭ ބާއްވައިފިއެވެ.
ޒިކުރާ ކޮލެޖް ހޯލުގައި ބޭއްވުނު މި ފޯރަމާއިބެހޭ ގޮތުން މާއިރިއަށް މައުލޫމާތު ދެއްވަމުން ބީސިސީ ފުވައްމުލަކު ގޮފީގެ ޑެޕިއުޓީ މެނޭޖަރ އިބްރާހިމް ހަސަން (އިބޫ) ވިދާޅުވީ މިއީ ވިޔަފާރިއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް، ވިޔަފާރީގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ ތަޖުރިބާ ކާރު އަންހެން ވިޔަފާރިވެރިންގެ ތަޖުރިބާ ހިއްސާ ކުރުމުގެ މަގުސަދުގައި ބޭއްވުނު ފޯރަމެއްކަމުގައެވެ. އެގޮތުން ވިޔާފާރީގެ ދާއިރާގައި މިހާރުވެސް ހަރަކާތްތެރިވާ 5 ބޭފުޅަކު އެބޭފުޅުން ތަޖުރިބާ، ފޯރަމުގެ ބައިވެރިންނާއި ހިއްސާ ކުރައްވާފައިވާ ކަމުގައެވެ.
އިބޫ އިތުރަށް ވިދާޅުވީ 50 ބައިވެރިންނާއި އެކު ވަރަށް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދެވުނު މިވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ޒިކުރާ ކޮލެޖާއި ފާރޫޤް ހެލްތެކެއާ އަދި ރަށި އިވެންޓްސްގެ އެހީތެރިކަން ލިބިފައިވާ ކަމުގައެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
