
އައްޑޫ އަދި ފުވައްމުލަކުގެ ކަސްޓަމަރުންގެތެރެއިން ނަސީބުވެރި 4 ފަރާތަކަށް އައިޕެޑެއް ލިބޭ ޚާއްސަ ޕްރޮމޯޝަންއެއް
އައްޑު އަދި ފުވައްމުލައް ސީޓީގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާ ހަވާލުވި މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން މި ދެ އަތޮޅުގެ ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަންއެއް ފަށައިގެން ކުރިއަށް އެބަދެއެވެ.
މި ދެ އަތޮޅުގައި ތިބި އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުން އެ ފަރާތްތަކުގެ މައުލޫމާތު އަދާހަމަކުރުމުން ބައިވެރިވެވޭ މި ޕްރޮމޯޝަން ކުރިއަށްދަނީ މިހިނގާ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި މައުލޫމާތު އަދާހަމަ ކުރައްވާ ފަރާތްތަކުގެ ނަސީބުވެރި 4 ފަރާތަކަށް ކޮންމެ ފަރާތަކަށް އައިޕެޑެއް ދޭގޮތަށް ހަމަޖެހިފައިވާކަމަށް އެމްޑަބްލިޔުއެސްސީ އިން މައުލޫމާތުދެއްވައެވެ.
މި ކެމްޕޭނުގެ ތެރެއިން އައްޑޫއާއި ފުވައްމުލަކުގައި އެ ކުންފުނިން ރޯޑްޝޯ ބާއްވާފައިވާއިރު، މި ހަރަކާތުގެ ތެރެއިން 3،000 (ތިންހާސް) އަށްވުރެ ގިނަ ކަސްޓަމަރުންނަށް ވާސިލުވެ، ގިނަ އަދަދެއްގެ ކަސްޓަމަރުން ވަނީ މިހާރު ވެސް މައުލޫމާތު އަދާހަމަކޮށްފައެވެ.
މި ކެމްޕޭނުގެ އެންމެ މުހިންމު މަގުސަދަކީ މި ދެ އަތޮޅުން ގިނަ އާ ކަސްޓަމަރުންތަކެއް އެމްޑަބްލިއުއެސްސީއާ އަލަށް ގުޅުމާ އެކު، އެ ފަރާތްތަކުގެ މައުލޫމާތު އަދާހަމަކުރުން ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މީގެ އިތުރުން، އެމްޑަބްލިއުއެސްސީން ބުނީ މައުލޫމާތު އަދާހަމަކުރުމާއެކު އެ ކުންފުނީގެ އާ މީޓަރު ނަންބަރާއި އާ އެކައުންޓް ނަންބަރު ލިބިގެންދާނެ ކަމަށާއި މި މައުލޫމާތު ބޭނުންކޮށްގެން އެ ކުންފުނީގެ އެޕްލިކޭޝަނަށް އެ ބޭފުޅެއްގެ އެކައުންޓް އެޑްކޮށް، އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދެއްކޭނެ ކަމަށެވެ.
އެމްޑަބްލިއުއެސްސީން މި ދެ އަތޮޅުގެ ކަސްޓަމަރުންނަށް ފުރަތަމަ ބިލް ކުރަން ހަމަޖެހިފައިވަނީ މިހިނގާ ނޮވެމްބަރު މަހުގެ ބިލިން ސައިކަލް އިން ފެށިގެންނެވެ. މި ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެމްޑަބްލިއުއެސްސީގެ ޓީމާއި އެކުންފުނީގެ މެނޭޖިންޑިރެކްޓަރ ފަހުމީ ފާހަގަކުރެވެނީ މަސައްކަތް ހަލުވި، ހީވާގި ޓީމެއްގެ ގޮތުގައެވެ. އަދި ކަސްޓަމަރުންނާ ވަރަށް ގާތުން މަސައްކަތްކުރަން ބޭނުންވާ ޓީމެއްގެ ގޮތުގައެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
