
ސެޓްފިކެޓް ތްރީ އިން ހެރިޓޭޖް ސްޓަޑީޒް އެންޑް މިއުޒިޔަމް މެނޭޖްމެންޓް ކޯހަކަށް ފުރުސަތު ހުޅުވާލައިފި
ސެޓްފިކެޓް ތްރީ އިން ހެރިޓޭޖް ސްޓަޑީޒް އެންޑް މިއުޒިޔަމް މެނޭޖްމެންޓް ކޯހަކަށް ފުރުސަތު ހުޅުވާލައިފި
މިނިސްޓްރީ އޮފް ދިވެހިލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ހިންގަން ހަމަޖެހިފައިވާ "ސެޓްފިކެޓް ތްރީ އިން ހެރިޓޭޖް ސްޓަޑީޒް އެންޑް މިއުޒިޔަމް މެނޭޖްމެންޓް" ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ފުވައްމުލައް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިކޯހަކީ ތިން މަސްދުވަހުގެ މުއްދަތަށް ހިންގޭ ކޯހެއްކަމުގައެވެ. މީގެ އިތުރުން ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ޖުމްލަ ނުވަ ފަރާތަކަށް މި ކޯހުގައި ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި ކޯހުގެ ކިޔެވުން ފެށުމަށް ރޭވިފައިވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ކަމަށާއި، ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ ނޮވެމްބަރު މަހުގެ 25 ވާ ބުދަދުވަހުގެ މެންދުރު 12:00 ކަމަށްވެސް މި ޕޯސްޓުގައިވެއެވެ.
ނަން ނޯޓުކުރުމަށް ބޭނުންވާ އޮންލައިން ލިންކެއް މި ޕޯސްޓާއެކު ހިއްސާކޮށްފައިވެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 1618 ނަންބަރަށް ގުޅައިގެން ނުވަތަ 7487911 ނަންބަރަށް ވައިބަރ މެސެޖެއް ކޮށްލުމުން އެކަން ހަމަޖެހިގެންދާނެ ކަމަށްވެސް ސިޓީ ކައުންސިލުން ކޮށްފައިވާ ޕޯސްޓުގައިވެއެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
