
ދަމަނަ ކަސްރަތު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އެމްއެންޑީއެފް ސަދަން އޭރިއާ ގުޅިގެން އަންހެނުންނަށް ޚާއްޞަކޮށްގެން ބޭއްވި "ދަމަނަ" ކަސްރަތު ޕްރޮގްރާމް 49 ބައިވެރިންނާއެކު ނިންމާލައިފިއެވެ.
ނިމިދިޔަ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކަސްރަތު ޕްރޮގްރާމާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ފުވައްމުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ، މިފަދަ ކަސްރަތު ޕްރޮގްރާމެއް ރާވައި ހިންގުމުގެ މަޤްޞަދަކީ ފުވައްމުލައް ސިޓީގެ އަންހެން ބޭކަނބަލުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބާރުއެޅުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް އަށަގަންނުވައި، އެކަމަށް ބޭނުންވާ ފުރުޞަތުތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ. އަދި ވަރަށް ގިނަ ފަރާތްތަކުން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްދިނުމަށް އެދެމުންދިއުމަކީވެސް މި ޕްރޮގްރާމް ފެށުމަށް ނިންމި މުހިންމު ސަބަބެއްކަން ޝިއުނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ އެމްއެންޑީއެފްގެ ފަންނީ އެހީތެރިކަން ލިބޭނަމަ، ކުރިއަށް އޮތް ތަނުގައިވެސް މި ޕްރޮގްރާމް އިތުރަށް ކުރިއަށް ގެންދިޔުން،" ޝިއުނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި އިންސްޓްރަކްޓަރުންގެ ގޮތުގައި އެމްއެންޑީއެފްގެ ބޭފުޅުން މަސައްކަތްކުރެއްވިއިރު، މިއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމުކޮށްގެން ބޭއްވި މި ސިލްސިލާގެ 3 ވަނަ ކަސްރަތު ޕްރޮގްރާމެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
