
ފުވައްމުލަކުގައި އޮފީސްކޮމްޕްލެކްސްއެއް ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި
ފުވައްމުލަކުގައި އޮފޯސްކޮމްޕްލެކްސް އެއް ތަރަޢްގީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް( އެމް.ޓީ.ސީ.ސީ) އާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢިލް ޙަމީދެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އެވެ.
900 ދުވަހުގެމުއްދަތަށް ހަވާލުކުރި މިމަސައްކަތުގެ ޖުމްލަ އަގަކީ 162,899,845.20 (ސަތޭކަ ފަސްދޮޅަސް ދެ މިލިއަން އަށްލައްކަ ނުވަދިހަ ނުވަހާސް އަށްސަތޭކަ ސާޅިސް ފަސްރުފިޔާ ވިހިލާރި) އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 9 ފަންގިފިލާގެ މި އޮފީސްކޮމްޕްލެކްސްގައި އޮފީސްޖާގައިގެ އިތުރުން ވިޔަފާރިޖާގަތަކާއި ޑޭކެއާރ ސެންޓަރަކާއި އިވެންޓް ހޯލެއްވެސް ހިމެނެއެވެ.
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
