ޓްރެންޑިންގLoading...
Logo
4:45 ރަންވޭ ޓެސްޓް ކުރުމަށް ޖެއްސި ފްލައިޓް ހަވީރު .... ފުރައިފި
ޚަބަރު

4:45 ރަންވޭ ޓެސްޓް ކުރުމަށް ޖެއްސި ފްލައިޓް ހަވީރު .... ފުރައިފި

August 3, 2026ތާރިގް128

39 ރަންވޭމައްޗަށް ގޮސް ފްލައިޓް ކާރީ ފޮޓޯ ނެގުމުގެ ފުރުޞަތު އާއްމުންނަށް ހުޅުވައުލުމުން ފްލައިޓް ކާރީ ގިނަ ބަޔަކުވަނީ ފޮޓޯ ނަގައިފައެވެ. ފޮޓޯ ނަގަން ރަންވޭ މައްޗަށް އެރި އާއްމުން މިހާރުވަނީ ރަންވޭ މަތިން ބާލުވައިފައެވެ. 

4.4 ސޭފް ލޭންޑިންއަކާއެކު އެއަރޕޯޓް ރަންވޭގައި ފުރަތަމަ ފަހަރަށް ފްލައިޓެއް ޖެއްސުމުން ފުވައްމުލަކު ރައްޔިތުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަން. މި ތާރީޚީ ފްލައިޓްގެ ކެޕްޓަނުންގެ ޓީމަކާއި، ސިވިލް އޭވިއޭޝަންއާއި އައިލެންޑް އޭވިއޭޝަންގެ ޓެކްނިކަލް ބޭފުޅުން ވަޑައިގެންނެވި.  ވިއްސަކަށް މިނިޓް ފަހުން ފްލައިޓް ފުރުމަށް ހަމަޖެހިފައިވޭ. ފުވައްމުލަކު އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ހުއްދަ ދިނުމާމެދު ސިވިލް އޭވިއޭޝަނުން ގޮތެއް ނިއްމާނީ މި ދަތުރައްފަހު.

ކައްޓެޅީގެ ކިޔުންތެރިންނަށް ކަވަރޭޖާއެކު ފޮޓޯ ގެނެސް ނުދެވުނުކަމަށްޓަކައި މައާފަށް އެދެން. ލަސްތަކެއްނުވެ ފޮޓޯ ގެނެސްދޭނެވާހަކަ ދަންނަވަން. 

3.35  ޑޭޝް8 Q2 620 މަރުކާގެ 37 މީހުންގެ ޖާގައިގެ ފްލައިޓް 3.35 ގައި ފުވައްމުލަކު އެއަރޕޯޓް ރަންވޭގައި ޖައްސައިފި. ފްލައިޓް ޖައްސާ މަންޒަރު ބެލުމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި އެބަތިބި.

 

3.23 އަދި ފްލައިޓެއް ނުޖައްސާ. މިހާރު ރަށުގެ ބައެއް ކައުންސިލަރުންވެސް އަރޕޯޓް ޓާމިލްކާރީ އެބަތިއްބެވި. ބެލެވެނީ ވަރަށް އަވަހަށް ފްލައިޓް ޖައްސާނެކަމަށް. ރަންވޭ މިހާރު އޮތީ ފްލައިޓް ޖެއްސުމަށް ތައްޔާރުކޮށްފައި. ޔޫތު މިނިސްޓަރ ހަސަން ލަތީފްވެސް ޓާމިނަލް ކާރީ މިހާރު އެބަހުންނެވި

އެއަރޕޯޓް ޓާމިނަލް ކާރީ ތިބި ކައްޓެޅީގެ ރިޕޯޓަރުން ބުނާގޮތުގައި ކިޔުންތެރިންނަށް ފޮޓޯ ގެނެސް ނުދެވިގެން އުޅެނީ އެ ސަރަހައްދުގައި ރޭންޖް ދައްކަމުންކަމަށް.

 

3.10 ޓެސްޓް ދަތުރުގައި ފުވައްމުލަކަށް ޖެއްސުމަށް ހަމަޖެހިފައިވާ ޑޭޝް8 Q2 620 މަރުކާގެ 37 މީހުންގެ ޖާގައިގެ ފްލައިޓް ވަނީ ދޭއްޖަހާ އެހާކަންހާއިރު މާލެއިން ފުރައިފަ.

ޑިފެންސް އެޑްވައިޒަރ އަމީން ފައިސަލް ވިދާޅުވީ ފްލައިޓް ލޭންޑް ކުރާނެކަމަށް ބެލެވެނީ 3.20 އެހާކަންހާއިރުކަމަށް.

ފްލައިޓް ޖައްސާ މަންޒަރު ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ޖަމާވަމުން. އެއަރޕޯޓް ސަރަހައްދަކަށް އާއްމުންނަކަށް ނުވަދެވޭ. ފުލުހުންދަނީ ސެކިއުރިޓީ ބަލަހައްޓަމުން. ގިނަ މީހުން މަޑުކޮށްގެން ތިބީ ތާރުމަގާވީ ފަޅީގައި

2.54 ފުވައްމުލަކު އެއަރޕޯޓްގައި ޖައްސާ ފުރަތަމަ ފްލައިޓް މިއަދު 3.15 އެހާކަންހާއިރު ޖެއްސުމަށް ހަމަޖެހިފައިވާތީ މި އުފަލުގައި ބައިވެރުވުމަށް އެއަރޕޯޓް ސަރަހައްދަށް ގިނަ ބަޔަކުދަނީ ޖަމާވަމުން.

އެއަރޕޯޓް ސަރަހައްދަށް އާއްމުން ވަނަ ނުދިނުމަށާއި ސެކިއުރިޓީ ކަންތައް ބެލެހެއްޓުމުގައި މީގެ ބައިގަޑިއެއްހާއިރު ކުރިން ފެށިގެން ފުލުހުންދަނީ ސެކިއުރިޓީ ބަލަހައްޓަމުން

މި އަދުގެ މި އުފަލުގައި ބައިވެރިވެވަޑައިގަތުމަށް ޑިފެންސް އެޑްވައިޒަރ އަމީން ފައިސަލް ރެހެންދި ހެލިކޮޕްޓަރުގައި 2.40 އެހާކލަންހާއިރު ފުވައްމުލަކަށް ވަޑައިގެންފި. ހެލިކޮޕްޓަރުވެސް އެއަރޕޯޓްގައި އެބައޮތް

ޓެސްޓް ފްލައިޓްގެ ދަތުރު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރ ދެއްވައިފި

     ފުވައްމުލަކު އެއަރޕޯޓް ރަސްމީކޮށް ހުޅުވުމުގެ ކުރިން ރަންވޭ ޗެކު ކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ޓެސްޓް ފްލައިޓްގެ ދަތުރު މިއަދު ބާއްވާނެކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމް ދެއްވައިފިއެވެ.

     ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން އާދިލް ވިދާޅީ ޓެސްޓް ފްލައިޓްގެ ދަތުރު މިއަދު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ގެންދާ ކަމުގައެވެ. މިހާރު ހަމަޖެހިފައިވާގޮތުން ފުވައްމުލަކު އެއަރޕޯޓްގައި ޖައްސާ ފުރަތަމަ ފުލައިޓް މިއަދު ހަވީރު 3.15 އެހާކަންހާއިރު ޖައްސާނެ އެވެ.

     މައުލޫމާތު ލިބިފައިވާގޮތުގައި ޓެސްޓް ފްލައިޓްގެ ގޮތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އައިލެންޑް އޭވިއޭޝަނުން އެތެރޭގެ އުދުހުން ތަކުގައި ބޭނުންކުރާ 38 މީހުންގެ ޖާގައިގެ ފްލައިޓެކެވެ.

     އެއަރޕޯޓަށް ރަސްމީކޮށް ދަތުރުތައް ފެށުމުގެ ކުރިން ރަންވޭ ޓެސްޓްކުރުމަށް ބާއްވާ ޓެސްޓް ފްލައިޓްގައި ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އައިލެންޑް އޭވިއޭޝަނުން ބަލަންޖެހޭ ކަންތައްތައް ބަލައިނެކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި ފުވައްމުލަކު އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ހުއްދަ ދިނުމާމެދު ސިވިލްއޭވިއޭޝަން އޮތޯރިޓީން ގޮތެއް ނިއްމާނީ މި ދަތުރަށްފަހުކަމަށް ޝާހިދު ވިދާޅުވިއެވެ.

     ފުވައްމުލަކު އެއަރޕޯޓަކީ 30 މީޓަރު ފުޅާ، 1200 މީޓަރު ދިގުމިނުގެ ރަންވޭއަކާއެކު ހަދާ އެއަރޕޯޓެކެވެ. ޓެސްޓް ފްލައިޓް ޖައްސަނީ 1200 މީޓަރު ދިގު، 24 މީޓަރު ފުޅާ މިނުގައި ރަންވޭގެ މަސައްކަތް ނިއްމުމަށްފަހުއެވެ. އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝާހިދު ކުރިން ކައްޓެޅިއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ މި ސައިޒުގައި ރަންވޭ ހަދައިގެން ޖެއްސޭނީ 16 މީހުންގެ ޖާގައިގެ ޑޯނިޔާ ފްލައިޓެވެ.  

24 މީޓަރުގެ ފުޅާމިނުގައި ރަންވޭއަށް ފްލައިޓް ޖައްސަން ފެށިނަމަވެސް ރަންވޭގެ މަސައްކަތް ހުއްޓައިލާނީ 30 މީޓަރަށް ފުޅާކުރުމަށްފަހުކަމަށް ޝާހިދު ވިދާޅުވިއެވެ.

ފުވައްމުލަކު އެއަރޕޯޓް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ނޮވެންބަރު ތިންވަނަ ދުވަހު ބޭއްވުމަށް އެސްޓީއޯއާއި ޓްރާންސްޕޯރޓް މިނިސްޓްރީން ގެންދަނީ މަސައްކަތް ކުރަމުންންނެވެ.

ސާކް ސަމިޓާ ގުޅިގެން މާދަމާ ފުވައްމުލަކުގައި ފެށުމަށް ހަމަޖެހިފައިވާ ސާކް ގައުމުތަކުގެ ކްރިކެޓް މުބާރާތުގައި ވާދަކުރާ ޓީމުތައް ފުވައްމުލަކަށް ގެނައުމަށް ރޭވިފައިވަނީ ވައިގެމަގުންނެވެ.

 

 

ޙިއްޞާ ކުރާ:

ފޮލޯ ކުރައްވާ