ޓްރެންޑިންގLoading...
Logo
ފުވައްމުލައް ސިޓީކައުންސިލް އިންޓަރ އޮފީސް ބެޑްމިންޓަން ޓޯނަމެންޓްގެ އަދާހަމަ
ކުޅިވަރު

ފުވައްމުލައް ސިޓީކައުންސިލް އިންޓަރ އޮފީސް ބެޑްމިންޓަން ޓޯނަމެންޓްގެ އަދާހަމަ

August 23, 2026ކިފާހް40

މުބާރާތުގެ ތިންވަނަމެޗް ފެނަކަ ފުވައްމުލަކާއި ބައްދަލުކޮށް ތިންގޭމް ދެ ގޭމުން ކާމިޔާބުކުރީ ކްލަބްވެމްކޯ އިންނެވެ. މެޗުގެ ފުރަތަމަ މެންސް ޑަބަލްސްގައި ފެނަކައިގެ އަލީ މަސީހް އާއި ހުސެއިން އަހްމަދު ހުސެއިން ގެ މައްޗަށް ކްލަބް ވެމްކީގެ ވިސާލް އަހްމަދު އާއި އާފާގް އަލީ ކާމިޔާބު ހޯދީ ސީދާ ދެ ސެޓުންނެވެ އެއީ 21-15 އަދި 21-10 ގެ ނަތީޖާ އަކުންނެވެ. މެޗުގެ ފުރަތަމަ އަންހެން ޑަބަލްސް ކާމިޔާބުކުރީ ފެނަކައިންނެވެ. ކްލަބް ވެމްކޯގެ އާމިނަތް އަރީޝާ އާއި އާމިނަތް ނަޒްރާގެ މައްޗަށް ފެނަކަ ޓީމުގެ އާއިޝަތް އިބްރާހިމް އާއި މަރިޔަމް ދިޔާނާ ކާމިޔާބު ހޯދީ ތިން ސެޓް އެއް ސެޓުންނެވެ. ފުރަތަމަ ސެޓް 21-16 އިން ކާމިޔާބުކުރީ ފެނަކަ ޓީމުންނެވެ. އެހެންނަމަވެސް ދެވަނަ ސެޓް ކާމިޔާބުކުރީ 21-19 އިން ވެމްކޯއެވެ. ފެނަކަ ޓީމުން މެޗު ކާމިޔާބުކުރީ 14-21 އިން ތިންވަނަ ސެޓް ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ދެވަނަ ފިރިހެން ޑަބަލްސް ވެމްކޯއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ވެމްކޯގެ އައްބާސް އިބްރާހިމް އާއި އާފާގް އަލީ ފެނަކަ ޓީމުގެ އަބްދުﷲ ނާސިރު އަހްމަދު އާއި އަލީ މަސީހްގެ މައްޗަށް ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ. އެއީ 21-12 އަދި 21-15 އިންނެވެ. މެޗުގެ ދެވަނަ އަންހެން ޑަބަލްސްވެސް ކާމިޔާބުކުރީ ސީދާ ދެ ސެޓުން ފެނަކަ ފުވައްމުލައް ޓީމުންނެވެ. އެޓީމުގެ އައިޝަތު އިބްރާހިމް އާއި އާމިނަތު ނަސްރީ ކްލަބް ވެމްކޯގެ އައިމިނަތު އަރީޝާ އާއި ޚަދީޖާ ޝިރުމީނުގެ މައްޗަށް ކުރި ހޯދީ 13-21 އަދި 05-21 ގެ ނަތީޖާ އަކުންނެވެ. މެޗު ޑިސައިޑްކުރި މިކްސް ޑަބަލްސް ވެމްކޯއިން ކާމިޔާބުކުރީ ތިންސެޓް އެއް ސެޓުންނެވެ. އެއީ ފެނަކަ ޓީމުން 17-21 އިން ފުރަތަމަ ސެޓް ނަގާފައިވަނިކޮށް ދެން ކުޅުނު ދެސެޓް 21-06 އަދި 21-19 އިން ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ހަތަރުވަނަމެޗުގައި ޓީމް އެމް.ޓީ.ސީ.ސީ ގެ މައްޗަށް އެސް.ޓީ.އޯ އާރު.ސީ އިން ކާމިޔާބު ހޯދީ ތިން ގޭމް ދެ ގޭމުންނެވެ. މެޗުގެ ފުރަތަމަ ފިރިހެން ޑަބަލްސް ޓީމް އެމްޓީސީސީން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެސް.ޓީ.އޯ ގެ މުޙައްމަދު ނަސީރު އަލީ އާއި އަހްމަދު އާސިމްގެ މައްޗަށް އެމް.ޓ.ސީ.ސީ ގެ ހުސެއިން ރަޝީދާއި ހަސަން ރިޔާޒް ކާމިޔާބު ހޯދީ 9-21 އަދި 13-21 ގެ ނަތީޖާއަކުންނެވެ އެހެންނަމަވެސް ފުރަތަމަ އަންހެން ޑަބަލަސް ކާމިޔާބުކުރީ އެސ.ޓީ.އޯ އިންނެވެ. އެސް.ޓީ.އޯގެ ޚަދީޖާ މުޙައްމަދު އާއި ޒުލްފާ މުޙައްމަދު އެމް.ޓީ.ސީ.ސީގެ ފާތިމަތު އިބްރާހިމް އާއި މަފާޒާ ނިޒާމްގެ މައްޗަށް ކުރި ހޯދީ ތިން ސެޓް އެއް ސެޓުންނެވެ. އެއީ އެމް.ޓީ.ސީ.ސީ އިން ފުރަތަމަ ސެޓް 20-22 އިން ކާމިޔާބުކޮށްފައި ވަނިކޮށް ދެންކުޅުނު ދެ ސެޓް 21-07 އަދ 21-14 އިން ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ދެވަނަ ފިރިހެން ޑަބަލްސް އެސް.ޓީ.އޯ ގެ އަހްމަދު ނަވީޒް އާއި އަހްމަދު އާސިމް އެމް.ޓީ.ސީ.ސީގެ ހުސެއިން ރަޝީދު އާއި ގާސިމް މުހައްމަދު އާއި ވާދަކޮށް  ކާމިޔާބުކުރީ ދެ ސެޓް އެއް ސެޓުންނެވެ. މި ޓައިގެ ފުރަތަމަ ސެޓް ކާމިޔާބުކުރީ އެސ.ޓީ.އޯ އިންނެވެ. އެއީ20-22 ގެ ނަތީޖާ އަކުންނެވެ. އެހެންނަމަވެސް ދެވަނަ ސެޓް ކާމިޔާބުކޮށްފައިވަނީ އެމް.ޓީ.ސީ.ސީ އިންނެވެ. އެއީ 16-21 ގެ ނަތީޖާ އަކުންނެވެ. މިޓައި ކާމިޔާބުކުރި ސެޓް އެސް.ޓީ.އޯ އިން ކާމިޔާބުކުރީ 21-13 އިންނެވެ. މެޗުގެ ދެވަނަ އަންހެން ޑަބަލްސް އެސް.ޓީ.އޯ އިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެ ޓީމްގެ ޚަދީޖާ މުހައްމަދު އާއި މަރިޔަމް ސައީދު އެމް.ޓީ.ސީ.ސީގެ ފާތިމަތު އިބްރާހިމް އާއި އަނޫޝާ އަހްމަދުގެ މައްޗަށް ކާމިޔާބު ހޯދީ 21-14 އަދި 21-12 އިންނެވެ. މެޗުގެ މިކްސް ޑަބަލްސް ކާމިޔާބުކޮށްފައި ވަނީ އެމެ.ޓީ.ސީ.ސީ  އިންނެވެ އެ ޓީމުގެ ހަސަން ރިޔާޒް(ބަބާ) އާއި މަފާޒާ ނިޒާމް މި ގޭމް ކާމިޔާބުކުރީ އެސް.ޓީ.އޯގެ އަހްމަދު ނަވީޒް އާއި ޒުލްފާ މުޙައްމަދުގެ މައްޗަށް ސީދާ ދެ ސެޓުންނެވެ. އެއީ 9-21 އަދި 8-21 ގެ ނަތީޖާ އަކުންނެވެ.

މުބާރާތުގެ ފަސްވަނަމެޗު ފެނަކައިން އެމެ.ޓީ.ސީ.ސީ ގެމައްޗަށް ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މިމެޗުގެ ފުރަތަމަ ފިރިހެން ޑަބަލްސް ގައި އެމްޓީސީސީގެ ހަސަން ރިޔާޒު އާއި ގާސިމް މުހައްމަދު ފެނަކަ ޓީމުގެ އަބްދުﷲ ނާސިރު އަހްމަދު އާއި އަލީ މަސީހްގެ މައްޗަށް ކުރި ހޯދީ ދެ ސެޓް އެއް ސެޓުންނެވެ. ފުރަތަމަ ސެޓް އެމް.ޓީ.ސީ.ސީ އިން ކާމިޔާބުކުރީ19-21 އިންނެވެ އެހެން ނަމަވެސް މި ޓައިގެ ދެވަނަ ސެޓް 23-21 އިން ކާމިޔާބުކުރީ ފެނަކައިންނެވެ. އެމް.ޓީ.ސީ.ސީ އިން މި ޓައި ކާމިޔާބު ކުރި ތިންވަނަ ސެޓް ކާމިޔާބުކޮށްފައިވަނީ 20-22 އިންނެވެ. މެޗުގެ ފުރަތަމަ އަންހެން ޑަބަލަސް ފެނަކަ ޓީމުން ކާމިޔާބުކުރީ 3-1 އިންނެވެ. އެގޮތުން ފެނަކަ ޓީމުގެ އައިޝަތު އިބްރާހިމް އާއި މަރިޔަމް ދިޔާނާ އަދި އެމް.ޓީ.ސީ.ސީގެ އަނޫޝާ އަހްމަދު އާއި ފާތިމަތް އިބްރާހިމް ބައްދަލުކުރި މިމެޗުގެ ފުރަތަމަސެޓް 12-21 އިން ކާމިޔާބުކުރީ އެމް.ޓީ.ސީ.ސީންނެވެ. އެހެންނަމަވެސް އަނެއް ދެސެޓް 21-8 އަދި 21-15 ކާމިޔާބުކުރީ ފެނަކައިންނެވެ.

މެޗުގެ ދެވަނަ ފިރިހެން ޑަބަލްސްގައި ފެނަކަ ޓީމުގެ އަބްދުﷲ ނާސިރު އަހްމަދު އާއި އަހްމަދު ރަޝީދު އެމް.ޓީ.ސީ.ސީގެ ހުސެއިން ރަޝީދު އާއި ހަސަން ރިޔާޒުގެ މައްޗަށް ކުރި ހޯދީ 3-1 އިންނެވެ. ފެނަކަ ޓީމުން ފުރަތަމަ ސެޓު ކާމިޔާބުކޮށްފައިވަނީ 21-15 އިންނެވެ. ނަމަވެސް ދެވަނަސެޓް 13-21 އިން ކާމިޔާބުކުރީ އެމް.ޓީ.ސީ.ސީ އިންނެވެ. ފެނަކައިން މި ޓައި ކާމިޔާބުކުރި ތިންވަނަސެޓް ހޯދާފައިވަނީ 21-18 އިންނެވެ. މެޗުގެ ދެވަނަ އަންހެން ޑަބަލަސް ގައި ފެނަކަ ޓީމުގެ އައިޝަތު އިބްރާހިމް އާއި އައިމިނަތު ނަސްރީ، އެމް.ޓީ.ސީ.ސީގެ ފާތިމަތު އިބްރާހިމް އާއި މަފާޒާ ނިޒާމްގެ މައްޗަށް ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. އެއީ 21-14 އަދި 21-18 އިންނެވެ.

މެޗުގެ މިކްސް ޑަބަލްސް މެޗު ފެނަކައިންވަނީ ދޫކޮށްލާފައެވެ އެހެންކަމުން އެއް ޕޮއިންޓާއެކު އެ ސެޓް ލިބިފައިވަނީ އެމް.ޓ.ސީ.ސީ އަށެވެ. އިއްޔެގެ ގެ މެޗުގެ ކުރިން ކޮންމެ ޓީމެއްވެސް އެއްމެޗުން މޮޅުވެ އެއްމެޗުން ވަނީ ބަލިވެފައެވެ. އެހެންކަމުން ހުރިހާޓީމެއް ޕޮއިންޓުގެ ގޮތުން އެއްވަރުވެފައި ވަނިކޮށް އިއްޔެގެ މެޗު ފެނަކައިން ކާމިޔާބު ކުރުމުން އެޓީމަށް ފައިނަލްގެ ފުރަތަމަ ޖާގަ ކަޝަވަރުވީއެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނީ މިއަނދު ހަވީރު އެސް.ޓީ.އޯ.ރާސީ އާއި ކްލަބް ވެމްކޯ ބައްދަލްކުރާމެޗުން މޮޅުވާ ޓީމަކަށެވެ. މިމެޗު ފެށޭ ގަޑިއަކީ ހަވީރު 16:15 އެވެ. މެޗު އޮންނާނީ ފުވައްމުލައްސިޓީ ބެޑްމިންޓަންހޯލްގައެވެ.

ޙިއްޞާ ކުރާ:

ފޮލޯ ކުރައްވާ