ޓްރެންޑިންގLoading...
Logo
ފުވައްމުލައް ސިޓީ ކައުންސިލުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއާއެކު ބައްދަލުވުމެއް ބާއްވައިފި
ކުޅިވަރު

ފުވައްމުލައް ސިޓީ ކައުންސިލުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއާއެކު ބައްދަލުވުމެއް ބާއްވައިފި

September 2, 2026ކިފާހް20

ފުވައްމުލައް ސިޓީ ކައުންސިލުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއާއެކު މިއަދު ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން އޮތީ ފުވައްމުލައް ސިޓީ ކައުންސިލްގެ މީޓިންގ ރޫމުގައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، މި ބައްދަލުވުމަކީ ސިޓީ ކައުންސިލްގެ އަހަރީ ކަލަންޑަރުގައި ހިމެނިގެން މި މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ކްރިކެޓް މުބާރާތާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ފުވައްމުލައް ސިޓީ ކައުންސިލާއި، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އަދި ފުވައްމުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށްގެންދިއުމަށް ތައްޔާރުވަމުންދާ މި މުބާރާތުގެ އެންމެ މުހިންމު މަޤްޞަދަކީ، އަންނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ އަންހެން ކްރިކެޓް މުބާރާތަށް ފުވައްމުލަކުން ޓީމެއް އެކުލަވައިލުމެވެ.

މި މުބާރާތުގައި ފުވައްމުލަކުގެ ހުރިހާ އަވަށަކުންވެސް ޓީމުތައް ބައިވެރިވާނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ވާހަކަދައްކަވަމުން އެ ބޯޑުގެ އެޑްމިނިސްޓްރޭޓަރ ރާއިދު ވާސިފް ވިދާޅުވިއެވެ.

މީގެއިތުރުން، ކްރިކެޓް ބޯޑާއެކު ފުވައްމުލައް ސިޓީ ކައުންސިލުން ބަހައްޓަވާ ގާތް ގުޅުމާއި، ކްރިކެޓް ބޯޑުން ހިންގާ އެންމެހައި ހަރަކާތްތަކަށް ސިޓީ ކައުންސިލުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި ރާއިދު ވަނީ ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ.

ޙިއްޞާ ކުރާ:

ފޮލޯ ކުރައްވާ