ޓްރެންޑިންގLoading...
Logo
ފުވައްމުލައް ސިޓީ ކައުންސިލާއި ވެމްކޯ ބައްދަލުކޮށް މަޝްވަރާކޮށްފި
ޚަބަރު

ފުވައްމުލައް ސިޓީ ކައުންސިލާއި ވެމްކޯ ބައްދަލުކޮށް މަޝްވަރާކޮށްފި

September 8, 2026ކިފާހް27

ފުވައްމުލައް ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އިސްވެރިން ބައްދަލުކުރައްވައި، ރަށުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އިއްޔެ މެންދުރު ފުވައްމުލައް ސިޓީ ކައުންސިލްގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، ކުނި މެނޭޖްކުރާ މަރުކަޒު ތަރައްގީކުރުމުގެ ޕްލޭން (ރީޑިވެލޮޕްމެންޓް ޕްލޭން) ގެ އަދާހަމަ އޮޅުންފިލުވުމާއި މަސައްކަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން ކަމަށް ކައުންސިލުން ހާމަކުރެއެވެ.

މި ބައްދަލުވުމުގައި ކުނި މެނޭޖްކުރާ މަރުކަޒުގައި އަލަށް ގާއިމުކުރާ ވަސީލަތްތަކާއި އޮފީސް އިމާރާތުގެ ކުރެހުން ވެމްކޯގެ ޓީމުން ވަނީ ކައުންސިލާ ހިއްސާކޮށްފައެވެ. އަދި އެ ކުރެހުމަށް ކައުންސިލުން ވަނީ ބައެއް ހިޔާލުތައް ހުށަހަޅާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުވައްމުލައް ސީޓީގެ މޭޔަރު އިސްމާއިލް ރަފީގު ވަނީ، ޒަމާނުއްސުރެ ރަށުގައި ޖަމާވެފައިވާ ކުނިގަނޑު (ލެގަސީ ވޭސްޓް) ހުސްނުވެ ގިނަ ދުވަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެއީ ރައްޔިތުންނާއި ކައުންސިލްގެ ވެސް އިންތިހާއަށް ކަންބޮޑުވުން އޮތް ކަމެއްކަން އެމަނިކުފާނު ފާހަނގަކުރެއްވިއެވެ.

ކުނީގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެކަން ހާމަކުރައްވަމުން މޭޔަރު ވިދާޅުވީ، ކުނި މެނޭޖްކުރާ މަރުކަޒުގެ ބިމަށް 15,000 އަކަފޫޓު އިތުރުކޮށްދީފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ނަމަވެސް، ކުނީގެ މައްސަލަ ހައްލުނުވެ މިހާ ބޮޑަށް ދިގުލައިގެންދިޔުމަކީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެއް ކަމަށް މޭޔަރު ތަކުރާރުކޮށް ވިދާޅުވިއެވެ.

ޙިއްޞާ ކުރާ:

ފޮލޯ ކުރައްވާ