
ޚަބަރު
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ފުވައްމުލަކުގައި ޚާއްޞަ ދީނީ ދަރުސްތަކެއް ބާއްވަނީ
September 9, 2026ކިފާހް
ދިވެހިރާއްޖެއަށް މާތްވެގެންވާ އިސްލާމްދީނުގެ ނިއުމަތް ލިބިގެންދިޔަ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޚާއްޞަ ދީނީ ދަރުސްތަކެއް ފުވައްމުލަކުގައި ބާއްވަން ރޭވިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މައުލޫމާތު ދީފިއެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ ޙިޖްރީ އަހަރެއްގެވެސް ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި ދަރުސްތައް އޮންނާނީ ސެޕްޓެމްބަރު މަހުގެ 13 ވާ އާދީއްތަ ދުވަހުގެ މަޣުރިބު ނަމާދަށްފަހުއެވެ. މި ދަރުސް ދިނުމަށް ހަމަޖެހިފައިވާ މައުލޫއަކީ "އިސްލާމް ކަމުގެ ނިއުމަތް" މި މައުލޫއަށެވެ. މި ދަރުސްތައް ކުރިއަށްދާނެ މިސްކިތްތަކާއި ދަރުސް ދެއްވާ ފަރާތްތަކަކީ:
- މަސްޖިދުލް އިނާރާ: އައްޝައިހް ޙުސައިން ނަޝާތު އިބްރާހީމް
- މަސްޖިދުލް ތައުބާ: އައްޝައިހް އިބްރާހީމް ޝަމީމް
- މަސްޖިދުލް ޢާއިޝާ: އައްޝައިހް އިރުފާން ޢަލީ
ޙިއްޞާ ކުރާ:
ގުޅުން ހުރި ޚަބަރު


ފުވައްމުލަކު "އަނބުލެ އަތިރި" ރަސްމީކޮށް ހުޅުވައިފި
ކިފާހް — November 10, 2026
ފުވައްމުލަކުގެ 71 ވަނަ ހާފިޒަކަށް އުމުރުން 12 އަހަރުގެ މިޝްޔާ
ކިފާހް — November 10, 2026ކޮމެންޓް
ލޯޑިންގ...
