މިއަދުން ފެށިގެން ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާއިން ލައިސަންސް ކާޑު ޕްރިންޓުކުރަން ފަށައިފިކަމަށް އެއިދާރާއިން މައުލޫމާތު ދެއްވައިފިއެވެ.
ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން ކައުންސިލް އިދާރާގެ ޑިރެކްޓަރ އަހުމަދު މުހައްމަދު ވިދާޅުވީ މިއަދު ފެށިގެން މިއަދުން ފެށިގެން ލައިސަންސް ކާޑު މެމޯގައިވާ ތާރީޚްގައި ލައިސަންސަށް އެދޭފަރާތަށް ލިބޭނޭ ކަމުގައެވެ. ލައިސަންސަށް އެދޭފަރާތްތަކުން ފުރަތަމަ ހަދަންޖެހެނީ ތިއަރީ ޓެސްޓެވެ އަދި ތިއަރީ ޓެސްޓުން ފާސްވުމުން ދުއްވުމުގެ ޓެސްޓް ކުރެވެއެވެ. އެޓެސްޓުން ފާށްވުމުން ލައިސަންސަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހެއެވެ. މެމޯ ދޫކުރެވެނީ ފައިސާ ދެއްކުމުންނެވެ. މެމޯގައި ލައިސަންސް ދޫކުރުމަށް ދޭތާރީޚަކީ މެމޯދޫކުރާ ދުވަހުން ފެށިހެން ތިންވަނަޔަށް ވާދުވަހެވެ. އަހުމަދު ވިދާޅުވީ އެހެންކަމުން އިތުރު ޓެކްނިކަލް މައްސަލައެއް ދިމާނުވާ ކަމަށްވެއްޖެއްޔާ މިހާރު ލައިސަންސަށް ފައިސާ ދައްކާ ދުވަހުންފެށިގެން ތިން ދުވަސްތެރޭ ލައިސަންސް ކާޑު އަތަށް ލިބޭނޭ ކަމުގައެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މައިދުންފެށުގެން މިއަދުންފެށިގެން ލައިސަންސް ހެދެންދެން ދޫކުރާ ހުއްދަ ދޫކުރުން ހުއްޓާލާފައިވާކަމުގައެވެ. ކުރިން އެގޮތަށް 300 އަށްވުރެ ގިނަ ފަރާތްތަކަށް ހުއްދަ ދޫކުރެވިފައިވާ ކަމަށާއި އެފަރާތަތަކުން ލައިސަންސަށް އެދި ހުށަހަޅާފައިވާ ތަރޔތީބުން ކާޑު ހަދައިދިނުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމުގައެވެ.
މިދިޔަ އޮކްޓޫބަރު މަހު ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން އަތޮޅު ކައުނސިލްގެ އިދާރާއިން ވިދާޅުވެފައިވަނީ ކާޑު ޕްރިންޓުކުރުމުގެ ޚިދަމަތާއި އެކު ޓްރާންސްޕޯޓުން ދޭ ހުރިހާ ޚިދްމަތެއް އެމަހުގެ 27 އިން ފެށިގެން ލިބެން ހުންނާނޭކަމުގައެވެ. އެހެންނަމަވެސް ކާޑު ޕްރިންޓުކުރުމުގެ ޚިދްމަތް ފަށާފައި މިވަނި މިއަދު އެވެ. އަހުމަދު ވިދާޅުވީ ކާޑު ޕްރިންޓުކުރަން ފެށުން ލަސްވެގެން ދިޔައީ މެޝިނަށް ބޭނުންވާ ސޮފްޓްވެއާ ލިބުން ލަސްވުމުންކަމުގައެވެ.